ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަނޑުވެރިިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް “ ދަނޑުވެރި މަންފާ “ އިއުލާންކޮށްފި

ދަނޑުވެރިިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް " ދަނޑުވެރި މަންފާ " އިއުލާންކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދަނޑުވެރިިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްް ޙާއްސަކޮށްގެން “ ދަނޑުވެރި މަންފާ “ އިއުލާންކޮށް ފިއެވެ.

ގްރާންޓްސް ސްކީމަކީ އެ ވުޒާރާ އާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއައްދާ ޕްރޮގުރާމެކެވެ. މި ސްކީމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މި ސްކީމް ކުރިއަށް ގެންދަނީ މެޕްގެ ހަރަކާތްތައް ކުރިއަށްގެންދާ ހއ. ހދ. އަދި ށ. އަތޮޅުގެ ތެރެއިން ހޮވާލެވިފައިވާ 26 ރަށުގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަމުގައި  ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕްރޭޓިވް ސޮސައިޓީތަކަށެވެ. މި ޕްރޮގުރާމް ގްރާންޓްގެ އެކި ފިޔަވަހިތަކަށް ބެހިފައިވާއިރު، ފުރަތަމަ ފިޔަވަހި ހުޅުވާލެވިފައިވަނީ ހަމައެކަނި ޕްރޮޑަކްޝަންއަށެވެ. އެއީ ގްރީން ހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމުކޮށްގެން ދަނޑުވެރިކަން ކުރުމެވެ. އަދި މި ސްކީމްގެ ކުރިއަށް ހުރި ބުރުތަކުގައި ދަނޑުވެރިކަމުގެ ކަންތައްތަކާއި ގުޅުން ހުންނަ ޕެކޭޖިންގ ލޮޖިސްޓިކްސް އިންޕުޓް ސަޕްލައި ކޯލްޑް ސްޓޯރޭޖްތައް ގާއިމް ކުރުމަށް ހުޅުވާ ލެވޭނެ ކަަމަށް އެވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއް ގޮތުން 12 ރަށެށްގައި ގްރީން ހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަންބާ އަދި މެލަން ހައްދާނެގޮތްތުގެ ޓެކްނިކަލް ތަމްރީން ޕްރޮގުރާމް ތަކެއް މިހާރުވެސް ކުރިއަށް ދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ބޭނުމަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަހުލުވެރިކުރުވުން ކަމަށް އެ ވުޒާރާއިން ވަނީ އިއުލާންކޮށްފައެވެ.

ދަނޑުވެރިިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް “ ދަނޑުވެރި މަންފާ “ ކުރިއަށް ގެންދަނީ

މި ސްކީމްއަށް އެދި އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލާނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީ ޕޯޓަލްއިން މެދުވެރިކޮށެވެ. އަދި މި ޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު މިހާރަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުން ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: