ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކައުތެރިކަމުގެ ބިލު ތަސްދީގުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކައުތެރިކަމުގެ ބިލު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް އޮފީހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ބޭއްވި ޖަލްސާގައިކަމަށެވެ. އަދި މި ގާނޫނަކީ ރާއްޖޭގައި އުފައްދާ، ބޭނުންކުރާ ކާބޯތަކެއްޗާއި އިމްޕޯޓުކުރާ ތަކެތީ އިތުރުން އެކްސްޕޯޓުކުރާ ތަކެތީގެ ރައްކައުތެރިކަން ކަށަވަރުކޮށް އެ ތަކެއްޗަކީ ސިއްހަތަށް ފައިދާ ހުރި އާންމު ސިއްހަތައް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށާއި ކެއިންބުއިމަށް ބޭނުންކުރާ ތަކެތިގެ ފެންވަރު ހިފެހެއްޓުމާއި ރައްކައުތެރިކަން ދެމެއްޓުމާއި ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް އެކުލަވާލައިފައިވާ ގާނޫނުކަމަށް ބުނެފައިވެއެވެ.

މި ގާނޫނަކީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައާއި ހިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި ކާބޯތަކެއްޗަކީ އިންސާނުން ބޭނުންކުރުމަށް ސިއްހީގޮތުން އެކަށީގެންވާ ރައްކާތެރި ތަކެތިކަމަށް ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ އެނޫންވެސް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނުކަމަށްވެސް ރައީސް އޮފީހުން ބުނެފައިވާއިރު، މި ގާނޫނު އެކުލަވާލުމުގެ މަގުސަދުތަކުގެ ތެރޭގައި ކާބޯތަކެތި އުފައްދާ، ނުވަތަ ތައްޔާރުކުރާ، ނުވަތަ ބަންދުކުރާ، ނުވަތަ ލޭބަލްކުރާ، އަދި އެ ނޫންވެސް ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ ރައްކައުތެރިކަމާއި ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައެޅުމާއި އިމްޕޯޓުކުރާ ތަކެއްޗާއި އެކްސްޕޯޓުކުރާ މުދަލުގެ އިތުރުން އުފައްދާ ބޭނުންކުރާ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކައުތެރިކަން ކަށަވަރުކުރުންކަމަށް ބުނެފައިވެއެވެ.

މި ބިލު މިހާރު ވަނީ ގެޒެޓް ކުރެވިފައިކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވާއިރު، މި ބިލަށް އަމަލުކުރަން ފަށާނީ ގެޒެޓުކުރެވުނު ތާރީހުން ފެށިގެން ތިން މަސް ދުވަހަށް ފަހުކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: