ބޭންކް އޮފް މޯލްޑިވްސް އިން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް އައު ޕްރޮމޯޝަން އެއް ފަށައިފިއެވެ.
ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް 25،000 ރުފިޔާ އެ ޕްރޮމޯޝަން ނިމުމުން ލިބޭނެއެވެ.
ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އާއި މޮބައިލް އެޕް މެދުވެރިކޮށް ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހެޅޭނެއެވެ. އެ ޕްރޮމޯޝަން ކުރިޔަށްދާނީ 28 ޖޫން 2024ގެ ނިޔަލަށެވެ.

އެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުން ބުކިންގ.ކޮމް އަދި ޑައިނިންގ އެކްސްޕީރިއަންސް ފަދަ އޮފަރތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭނެއެވެ. އަދި އެ ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެއެވެ.
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ވެސް ހޯދޭނެއެވެ. ފްލައިޓް ޓިކެޓު، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖޭއިން ބޭރުގެ މަރޗަންޓުންގެ ވައުޗަރު ހޯދުމަށް ވެސް ރިވޯޑް ޕްއިންޓްސް ބޭނުންކުރެވޭނެއެވެ.
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފްކޮށްފައިވާ ކާޑެކެވެ.

