ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލު ޕާސްޕޯޓު ބޭންކުރުމަކީ ފަސޭހައިން ވާނެކަމެއް: ރިފާއު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ފަސޭހަކަމާއިއެކު ކުރެވޭނެ މަސައްކަތެއްކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ފަތުރުވެރިން އައުން މަނާކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރިފާއު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ވަރަށް ސާފުކަމަށެވެ. އަދި ނުކުރެވި އޮތް ހަމައެކަނި ކަމަކީ ޕާސްޕޯޓު ބޭންކުރުންކަމަށާއި އެހެންނަމަވެސް އެ ޕާސްޕޯޓު ބޭން ކުރުމުގައި ލިބޭ ފައިދާތަކާއި ގެއްލުންތަކާއިމެދުވެސް ވިސްނާލުން މުހިންމުކަަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިހުލާސްތެރިކަމާއިމެދު ފަލަސްތީނު މިނިވަންކުރުމަށް ގޮވާލާ ކުރަމުން ދާ މަސައްކަތްތަކުގައި ދެމިތިބުން މާ ރަނގަޅުކަމަށެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒު އެންޓީގާ އެންޑް ބާބިއުޑާއަށް ކުރެއްވި ދަތުރުގައި ލިބިވަޑައިގެންނެވި ކޮންމެ ފުރުސަަތެއްގައިވެސް އެމަނިކުފާނު ވަނީ އެ ވާޙަކަތައް ފާހަގަކުރައްވާފައިކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް އެ ވާޙަކަތައް ދައްކަވަމުން ގެންދެވީ ވަރަށް ސާބިތުކަމާއިއެކުކަމަށެވެ. އެހެންކަމުން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަކީ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަށް ވަރަށް ފަސޭހައިން ބާރު އެޅޭނެ ކަމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރިފާއު ވިދާޅުވީ، ޕާސްޕޯޓޫ ބޭން ކުރާއިރު، ރާއްޖެއަށް އަންނަ އިސްރާއީލުގެ ފަތުރުވެރިންގެ އަދަދުތައް ބަލާލުން މުހިންމުކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް އަންނަ ހާހެއް ހާ އިސްރާއިލުގެ ފަތުރުވެރިން ނޭރުވުމުން ފަލަސްތިނުގެ މައްސަލައިގައި ކުރިއެރުންތަކެއް ލިބިގެންދޭތޯ ނުވަތަަ ކުރިއެރުން ލިބެނީ ބައިނަލްއަގުވާމީ މައިދާނުގައި އެ ވާޙަކަތައް ދައްކައިގެންތޯވެސް ދެނެގަތުން މުހިންމުކަމަށެވެ.

އޭނާ ވިދާޅުވީ، ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި އެ ވާހަކަތައް ދައްކައި ރާއްޖޭގެ ސްޓޭންޑް ސާފުކޮށްދިނުން މާ މުހިންމުކަމަށެވެ. އަދި ސަރުކާރުންވާނީ ފަލަސްތީނާއި އެއްކޮޅަށް ކުރާ ކޮންމެ މަސައްކަތެއްގައިވެސް ބައިވެރިވެފައިކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން އޮތީ ފަލަސްތީނާއި އެއްކޮޅަށް އިސްރާއިލާއި ދެކޮޅަށް ކަމަށެވެ. އަދި އެ ސްޓޭންޑު ވަރަށް ސާފުކަމަށްވެސް ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ހައްގުގައި ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައިކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބަލަ ޓެރަރިސްޓް އިސްރާއީލަށް ދަތުކުރުމަށް ކުރެވޭނެ އޮތް ކޮންމެ ކަމެއް ކުރަން ޖެހޭނެ.. ހަމަ އެކަނި ފަލަސްތީނަކީ އެއްކޮޅޭ ،ބައިނަލް އަޤްވާމީ މައިދާނުގައި ސްޓޭންޑް ދެމެހެއްޓުމޭ ވާހަކަ ދެއްކުމޭ މުހިއްމީ ބުނާއިރު ވާހަކަ ދައްކައިގެން ވީކަމެއް އެބައޮތްތަ މިދިޔަ 75 އަހަރު… ޓެރަރިސްޓް އިޒްރާއީލާއެކު ދެކޮޅު ހުރިހާ ޤައުމަކުން ޓެރަރިސްޓް އިޒްރާއީލަށް ދަތުކުރުމަށް ކުރެވޭ ް ހުރި ހުރިހާ ކަމެއް ކޮށްގެން ނޫނީ އެކަމެއް ހައްލެއް ނުވާނެ… އިޒްރާއީލުގެ ޕާސްޕޯޓް ބޭންކޮށް، އެމީހުންގެ މުދާ މަނާކުރޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: