ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ބިމާ ބެހޭ އިސްލާހުގެ ދަށުން ގޯތިތައް އަތުލެވޭ: މުސްތޮ

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ (މުސްތޮ): ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ހުށައެޅި ބިމާއި ބެހޭ އިސްލާހުގެ ދަށުން ވަކި މުއްދަތެއްގައި ގޯތިތަކުގައި ދިރިނޫޅޭނަމަ އަތުލެވޭނެ ގޮތަށް އިންތިޒާމުކޮށްފައިވާކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ (މުސްތޮ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ގިނަ މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މެމްބަރު މުސްތަފާ ވިދާޅުވީ، އެ އިސްލާހުގައިވާގޮތުން ކަނޑު އަޑީގައި ތިބި ތަންތަންވެސް 3 މަސް ދުވަހުގެ ތެރޭގައި ދޫކުރަން ޖެހޭކަމަށެވެ. އަދި ބިލުގެ 14 ވަނަ މާއްދާގެ ދަށުން ދޫކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި އެތަނުގައި ދިރިއުޅެން ފެށުންވެސް ލާޒިމުކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެތަނުގައި ވަކި މުއްދަތެއްގެ ތެރޭގައި ދިރިއުޅެން ނުފަށާނަމަ އަތުލެވޭނެކަމަށް އިސްލާހުގައި ހިމެނިފައި އޮތްކަމަށާއި އެހެންކަމުން 3 މަސް ދުވަހުގެ ތެރޭގައި ގޯތިތައް ދޫކުރިނަމަވެސް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދިރިނޫޅެވޭނެކަމަށާއި އެހެންކަމުން ހަމަ 14 ވަނަ މާއްދާގެ ދަށުން އެތަން ދައުލަތަށް ނެގެންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، ޕީއެންސީގެ ޕީޖީ ގުރޫޕުން އެ އިސްލާހު ފާސްކުރުމަށް ދެކޮޅުހެދީ އިސްވެ ދެންނެވި ސަބަބުތަކާއި ގުޅިގެންކަމަށާއި ސަރުކާރުން އަލަަށް ހުށައަޅާ ބިމުގެ ގާނޫނާއި އެކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭނެކަމަށާއި އެކަމާއި އެއްވެސް ރައްޔިތަކު ކަންބޮޑުނުވުމަށްވެސް އިލްތިމާސްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: