ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިނަރެސްގެ އެކްސެސް ޓެގުތައް ދޫކުރަން ފަށައިފި

ވިނަރެސް ފްލެޓުތައް: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ޓަވަރުތަކުގެ އެކްސެސް ޓެގް ދޫކުރަން ފަށައިފިއެވެ.

އެޗްޑީސީން ބުނެފައިވާގޮތުން ވިނަރެސްގެ ޓެގުތައް ދޫކުރާނީ މިއަދާއި މާދަމާގެ ހެނދުނު 10:00 އިން ހަވީރު 6:00 އާ ދެމެދު، ވިނަރެސްގެ 10 ވަނަ ޓަވަރުގައި ހުންނަ މެނޭޖްމަންޓް އޮފީހުންނެވެ. އަދި ޓެގް ދޫކުރާނީ ހަމައެކަނި އެޕާޓްމަންޓްގެ ވެރިފަރާތަށް ނުވަތަ ކޯ އެޕްލިކަންޓަށްކަމަށް މައުލޫމާތު ދީފައިވާއިރު ޓެގާއި ހަވާލުވާން ވަޑައިގަންނަވާއިރު ވެރިފަރާތުގެ އައިޑީކާޑު ކޮޕީ، އަދި ކޯ އެޕްލިކެންޓް ދުރުވާނަމަ ދެބޭފުޅުންގެ އައިޑީކާޑުގެ ކޮޕީ ގެންނަންވާނެކަމަށް ބުނެފައިވެއެވެ.

ޓަވަރުތަކުގެ އެކްސެސް ކޮންޓްރޯލު ނުކޮށް މިހާރު ހުރުމުން ބޭނުން މީހަކަށް އެތަނަށް ވަދެވޭކަމުގެ ކަންބޮޑުވުން އޮތްކަމަށް އެޗްޑީސީއިން ހާމަކޮށްފައިވެއެވެ. އެ ކުންފުނިންވަނީ ވިނަރެސް ފްލެޓުތަކުގައި ނޫޅޭ ފަރާތްތައް ވެސް އެތަނަށް ވަންނަކަމުގެ ޝަކުވާ ލިބެމުންދާކަމަށްވެސް ހިއްސާކޮށްފައެެވެ.

ޓެގްތަކުން އެކްސެސް ކޮންޓްރޯލު ކުރަން ފަށާނީ ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެންކަމަށް ވެސް ބުނެފައިވެއެވެ. އަދި އެއާއެކު ވިނަރެސް ޓަވަރުތަކަށް ދެން ވަދެވޭނީ ހަމައެކަނި ކީ ޓެގް އޮންނަ ފަރާތްތަކަށްކަމަށާއި ފްލެޓު ގަތް އެތައް ބަޔަކު މިހާރުވެސް އެތަންތަނުގައި ދިރިއުޅެމުންދާއިރު މިއަދު ދޫކުރަންފެށި އެކްސެސް ޓެގް ދޫކޮށްފައިވާ ފަރާތްތަކަށް އެކަނި ވަދެވޭ ގޮތަށް ބަދަލުކުރުމުން އެ ފްލެޓުތަކުގެ ސެކިއުރިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވިނަރެސްއަކީ ހުޅުމާލޭގައި އެޗްޑީސީން ހިންގި ހައުސިން މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 10 ޓަވަރު ގާއިމްކޮށްފައިވެއެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ މި ޓަވަރުތަކުން ގިނަ ބަޔަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދެވޭކަމަށްވެސް އެޗްޑީސީއިން ބުނެފައިވެއެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށްކަމަށްވެސް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: