ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭޕާލް ރައްޔިތަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި ބަންގްލަދޭޝް މީހާގެ ބަންދަށް އިތުރު 15 ދުވަސް!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޕާލްގެ ރައްޔިތެއް ރަހީނުކޮށް ބަންދު ކުރި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ބިރު ދައްކައި، މީހުން ރަހީނު ކުރުމާއި ފައިސާ ފޭރުމުގެ އެކި މައްސަލަތައް މިފަހުން ވަނީ ފެންމަތިވާން ފަށާފަ އެވެ. އަދި ފުލުހުން ވަނީ އޮޅުވާލައިގެން ހިޔާ ފްލެޓަކަށް މީހުން ގެންގޮސް އެ މީހުން އަތުން ފޭރޭ މައްސަލައެއް ވެސް ތަހުގީކޮށް އެކަމުގައި ހިމެނޭ ގުރޫޕު ހައްޔަރުކޮށްފަ އެވެ.

ރަހީނު ކުރި އިތުރު މައްސަލަތަކެއް ވެސް ފުލުހުން ތަހުގީގު ކުރަމުންދާއިރު، އޭގެ ތެރޭގައި ބަންގްލަދޭޝްގެ މީހެއް ނޭޕާލްގެ ރައްޔިތަކަށް ބިރު ދެއްކި މައްސަލައެއް ހިމެނެ އެވެ. ގެސްޓްހައުސްއެއްގައި ނޭޕާލްގެ މީހާ ހިފެހެއްޓި މައްސަލައިގައި ފުލުހުން ދެ މީހަކު ހައްޔަރު ކުރި އެވެ.

ދެ މީހުން ވެސް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.

ކުށުގެ ތުހުމަތަށް ބަންގްލަދޭޝް މީހާ އިންކާރު ކުރިނަމަވެސް ފުލުހުން ވަނީ އެނާއާއި ދެކޮޅަށް ހެކި ހުށަހަޅާފަ އެވެ. އަދި ބަންދުގެ މުއްދަތު ހަމަވާތީ، ގޮތެއް ނިންމުމަށް އަނެއްކާވެސް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އުމުރުން 35 އަހަރުގެ އެ މީހާއަށް އިތުރު 15 ދުވަސް ޖަހާފަ އެވެ.

ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ބަންގްލަދޭޝް މީހާ ބުނެފައި ވަނީ އޭނާ މަސައްކަތް ކުރާ ގެސްޓްހައުސްގައި ރަހީނުކޮށް މީހަކު ގެންގުޅޭކަން ނޭނގޭ ކަމަށެވެ. އެކަމަކު ކޯޓު އަމުރުގައި ވަނީ، ސީންއަށް ހާޒިރުވި ފުލުހުން ކުރި ސުވާލުތަކަށް އޭނާ ދިން ޖަވާބުތަކުން އެތަނުގައި ކުށެއް ހިނގާކަން ނުވަތަ މީހަކު ބަންދުކޮށްގެން ގެންގުޅޭކަން އޭނާއަށް އެނގޭކަން ހާމަވާކަމަށެވެ.

ގެސްޓް ހައުސްއެއްގެ މަސައްކަތަށް ރާއްޖެ އައިސް އުޅުނު އެ މީހާގެ އޮތީ ފަތުރުވެރިކަމަށް ހިދުމަތް ދޭ ތަނެއްގެ ބާ ޓެންޑާއެއްގެ ވަޒީފާ އެވެ. އެކަމަކު އޭނާ ހައްޔަރު ކުރިއިރު އަދާކުރަމުން އައީ ހުއްދަ އޮތް ވަޒީފާއެއް ނޫނެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އެއީ ފިލައިގެން އުޅުނު މީހެކެވެ.

ބޭރު މީހާ ހައްޔަރު ކުރި ކޯޓު އަމުރުގައި އޮތް ގޮތުން، އޭނާގެ މަސައްކަތުގެ ސްޕޮންސާރ އޮތީ ކާކުގެކަން ވެސް އެނގޭކަށް ނެތެވެ.

ބަންދުގެ މުއްދަތު އިތުރު ކުރީ، އޭނާ ރާއްޖޭގައި އުޅެމުން އައީ ގަވައިދާއި ހިލާފަށްކަމަށްވުމާ އަދި މުޖްތަމައުގެ ތެރެއަށް ދޫކޮށްފި ނަމަ ފިލައިގެން ދިއުމުގެ އިހުތިމާލު އޮތުމެވެ. ބިދޭސީ މީހާ ވަނީ، އޭނާއަށް ކުރާ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: