އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ރަށްރަށާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އުރީދޫއިން ބުނެފައި ވަނީ މިއީ އީދުގެ އުފަލުގައި ގިން ބަޔަކަށް ބައިވެރިވެވޭނެ ގޮތުގައި ހަރަކާތްތައް ރޭވުމުގެ އަމާޒުގައި ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
އުރީދޫ އީދު ހަދިޔާ
އުރީދޫ ޓީމުން ވަނީ އީދު ދުވަހު ރާއްޖޭގެ އެކި ހިސާބުގތަކުގައި ކުޑަކުދިންނަށް ހަދިޔާ ބަހާފައެވެ.
އެން.ސީ.އޭ ބޮޑު ޢީދު 1445
އުރީދޫއާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް ގުޅިގެން މާލޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި މާލި، ލަންގިރި، ބޮޑުބެރު، ސްޓޭޖް ޝޯ، ބޮޑުމަސް އަދި އާޓިސްޓުންގެ ޝޯކޭސް ޕެއިންޓިން ޝޯކޭސް ހިމެނެ އެވެ
ނ. ލަންދޫ އީދު ފާހަގަކުރުން.
ނ.ލަންދޫ އީދު ފާހަގަކުރުމުގެ ގޮތުން ވަނީ އެރަށުގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުން ފެށިގެން ލަންގިރި އާއި މާލި ފަދަ ތަފާތު ސަގާފީ ހަރަކާތްތަކަކީ ރަށުގެ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް އީދުގެ އުފަލުގައި ތައްޔާރުކޮށްފައިވާ ކަންކަމެވެ..
އެމެން އެކުގައ ކެންދޫ އީދު އުފާ
ކުޑަކުދިންގެ އިވެންޓަށް ހާއްސަ ބަބްލް ޝޯއަކާއި ފަން ގޭމްތަކެއް ތައްޔާރުކޮށްފައިވާއިރު، ސަގާފީ ޑާންސްތަކާއި އީދުގެ އާދަޔާ ހިލާފު ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ
ޢީދު ކުޅިސާމާ 1445. ޅ. ނައިފަރު
ނައިފަރުގައި އީދަށް ގިނަ ހަރަކާތްތަކެއް ފެނިގެން ދިޔައިރު، މާލި ޕެރޭޑުން ފެށިގެން ބޮޑުބެރުއާއެކު ސްޓޭޖް ޝޯއާ ހަމައަށް ކޮންމެ މީހަކަށް ވެސް އުފާވެރިކަން ލިބުނެވެ. އަދި ރިލޭ ރޭހާއި ބަށި ފަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ.

