ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯޕް އައިލެންޑްގެ ކޮންސެޕްޓް ކެބިނެޓުގެ މަޝްވަރާއަށް ހުށަހަޅަނީ!

ރައީސް ޑރ. މުއިއްޒާއި ކެބިނެޓް މިނިސްޓަރުން ކެބިނެޓް ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލް ކައުންސިލުން ހޯޕް އައިލެންޑްގެ ކޮންސެޕްޓް އެޕްރޫވްކޮށްފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ ”ހޯޕް އައިލެންޑް“ ގެ މަސައްކަތް ފެށީ މިދިޔަ މެއި މަހު އެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާތަކަށް ދިން މައުލޫމާތުތަކުގައި މިނިސްޓަރ ވިދާޅުވީ ސޯޝަލް ކައުންސިލުން ހޯޕް އައިލެންޑްގެ ކޮންސެޕްޓް އެޕްރޫވްކޮށްފައިވާ ކަމަށާއި ދެން އެންމެ އަވަހަށް ބާއްވާ ވަޒީރުންގެ މަޖިލީހަށް އެ ކޮންސެޕްޓް ހުށަހެޅުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިންވެސް ފުލުހުންގެ ޓްރެއިނިންގ ފެސިލިޓީތަކުގައި މީގެ ޕްރޮގްރާމްތައް ޕައިލެޓް ކުރާނެ ކަމަށެވެ.

އިހުސާން ވިދާޅުވީ ހޯޕް އައިލެންޑަށް ގެންދާ އެކުދިންނަށް ރަނގަޅު ވަޒީފާތަކާއި ފައިނޭންޝަލް ސިސްޓަމްގައި ކުދިންނަށް ލިބެންޖެހޭ ފަރުވާ ދިނުމުން މިކަމުގަ ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ހިދުމަތް ކުރަންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދެވޭނެކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި ޖިނާޢީ ކުށެއް ކޮށްގެން ކުޑަކުދިން ޒިންމާވާން ޖެހޭ އުމުރު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާކަން ވެސް ހާމަކުރެއްވި އެވެ.

ޖިނާޢީ ކުށެއްގެ ޒިންމާ ކުޑަކުއްޖަކު މިހާރު ނަގަންޖެހޭ ޢުމުރަކީ 15 އަހަރެވެ. ނަމަވެސް ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އިހުސާން ވިދާޅުވީ، 12 އަހަރުގެ ކުޑަކުދިންވެސް ތަފާތު ބާވަތްތަކުގެ ކުށްތަކަށް އަރައިގަންނަމުން އަންނަ ކަމަށާއި، ކުށުގެ މާޙައުލުން އެކުދިން ދުރުކުރެވޭނީ އެ ކުދިންނަށް ވެސް ގާނޫނީ ގޮތުން ފިޔަވަޅު އެޅިގެން ކަމަށެވެ. އެގޮތުން ޖިނާއީ ކުށެއްގެ ސަބަބުން ޒިންމާ ނަގަން ޖެހޭ ޢުމުރު 12 އަހަރަށް ކުޑަކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހާއިއެކު މިހާރު ފަށާފައިވާކަން ފާހަގަކުރެއްވި އެވެ.

ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަ ކުރެވުމާއެކު 12 އަހަރުގައި ކުށަށް އަރައިގަންނަ ކުދިންވެސް ރީހެބިލިޓޭޓްކުރުމަށް ހޯޕް އައިލެންޑަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: