ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުވި ގޮތަށް ރަސްމާލެ ހިއްކުމުގެ މަޝްރޫއު މި އަހަރުގެ ނިޔަލަށް ނިމޭނެ: ރައީސް މުއިއްޒު

"ރަސްމާލެ" ގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަން ފެށުުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް އަލުން އަންނަ މަހު ފަށައި، ސަރުކާރުން ލަފާކުރި ގޮތަށް އަހަރު ނިމުމުގެ ކުރިޔަށް މަޝްރޫއު ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފައިނޭންސާ ގުޅުން ހުރި ބައެއް ކަންތަކެއް ދިމާވެ، މަޝްރޫއު މަޑުޖެހުނުތާ ދުވަސްތަކެއް ވި ނަމަވެސް ރައީސް މުއިއްޒު ޕީއެންސީ ހަރުގެ ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަންނަ މަހު ފެށޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒާ އެއްގޮތަށް 1100 ހެކްޓަރުގެ ބިން ހިއްކައި ޑިސެމްބަރު މަހަށް ނިންމާލެވޭނެ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރި ސުވާލަކަށް މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ މަޝްރޫއު ހަވާލު ކުރީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންކަމަށާއި އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން މަސައްކަތް ފެށުމަށް ފަހު ކުރިޔަށް ގެންދަން ބޭނުންވާ ފައިސާ ނުހޯދި ޕްރޮޖެކްޓު މަޑުޖެހުނީ ކަމަށެވެ.

މި އަހަރުގެ ޑިސެމްބަރު މަސް ނިމެންވާއިރަށް، އަޅުގަނޑުމެންގެ އަމާޒަކީ ހަމަ ފުރަތަމަ ވެސް ޕްލޭން ކުރި ގޮތަށް… އެތަނުގެ އެއްހާސް އެއްސަތޭކަ ހެކްޓަރުގެ ބިން ހިއްކައި ނިމުމުން.. އެކަން ހާސިލު ކުރާނަން

މުއްތަލިބު ވަނީ އެކަމާ ގުޅޭ މަޝްވަރާތައް ސަރުކާރުން ކުރަމުންދާއިރު، އަމަލީ މަސައްކަތް އަލުން ފެށޭ ހިސާބަށް ދިއުމުން ތަފްސީލުތައް ހާމަކުރައްވާނެ ކަމަށެވެ.

ސަރުކާރަށް މި މަޝްރޫއުގައި އެންމެ ބޮޑަށް ގޮންޖެހުންތައް ދިމާވީ، ބަޖެޓު ފާސް ކުރުމުގައި ރައީސް މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް އަދަދު ނުހިމަނައި މަޝްރޫއު އުނި ކުރުމެވެ. އެ ސަބަބާ ހުރެ ފައިނޭންސިންއަށް ސަރުކާރުން ހޯދާފައި ވަނީ އެހެން މެކޭނިޒަމްއެކެވެ.

ރަސްމާލެ ނަމުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ނިންމައި، މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފެށީ ޑިސެމްބަރު 18 ގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: