ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ އަގުހުރި އެއް ޓެކްނޮލޮޖީ ކުންފުނި ކަމުގައިވާ އެންވީޑިއާ އާއި އުރީދޫ ޕަރޓްނަރވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެންމެ އަގުހުރި އެއް ޓެކްނޮލޮޖީ ކުންފުނި ކަމުގައިވާ އެންވީޑިއާ އާއި އުރީދޫ ޕަރޓްނަރވެއްޖެއެވެ.

މި ޕަރޓްނަރޝިޕަކީ އުރީދޫ އިން އެންވީޑިއާ ކްލައުޑް (އެންސީޕީ) ޕާޓްނަރަކަށްވެ، މީނާ (މެދުއިރުމައްޗާއި އުތުރު އެފްރިކާ) ސަރަހައްދުގެ އިތުރުން ރާއްޖޭގައި އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ކުންފުންޏަކަށްވުމުގެ ސްޓްރެޓެޖީއާ އެއްގޮތުގެމަތިން ވެވުނު ޕަރޓްނަރޝިޕެކެވެ. މި ޕާޓްނާޝިޕް މެދުވެރިކޮށް އެންވިޑިއާ ގެ ޒަމާނީ ކޮމްޕިއުޓިން ޕްލެޓްފޯމް ބޭނުންކޮށްގެން މި ސަރަހައްދުތަކުގައި އޭއައި އިންގިލާބެއް މަގުފަހިކޮށްދިނުމަށް އުރީދޫއިން މަސައްކަތްކުރަމުންދާނެއެވެ.

އުރީދޫގެ ޚިދުމަތްތައް ފޯރުކޮށްދޭ ގައުމުތަކުގައި، އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ހައިޕަކަނެކްޓިވިޓީއަށް މާކެޓުގައި އޮތް ބޮޑު ޑިމާންޑާއި ބޭނުންތަކާ އެއްގޮތަށް އައު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެންވީޑިއާގެ އީޖާދީ ހިދުމަތްތަކުގެ އެހީގައި އޭއައި ރެޑީ ޕްލެޓްފޯމެއް ތަރައްގީ ކުރަމުން އަންނަ ކަމަށް އުރީދޫއިން ބުނެއެވެ.

މި ޕްލެޓްފޯމަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީ، ވިޔަފާރިތަކާއި ސްޓާޓްއަޕްތަކުގެ ޑޭޓާސެޓްތައް ރައްކާތެރިކަމާއެކު ޕްރޮސެސް ކުރުމަށް ބާރުވެރިކުރުވުމުގެ އިތުރުން، އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދީ، އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެހީތެރިވެދޭނެ ޕްލެޓްފޯމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: