ނޯތުކޮރެެއާއިން ޔޫކްރެއިން ގައި ބޭނުންކުުރުމަށްޓަަކައި ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭކަމަށް ރިޕޯޓުތައް ކުރެވެމުންދާކަމަށްވުމުން އެމެރިކާ އަދި ގުޅިފައިވާ ހުޅަނގުގެ ގައުމުތަކުން ނުރުހުން ފާޅުކޮށްފިއެވެ.
ރިޕޯޓުތަކުގައިވާގޮތުން އެމެރިކާއިންވަނީ އދގެ ބައްދަލުވުމެއްގައި ނޯތުކޮރެއާއަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އަދި އެ ގައުމުން ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފުވަމުންދާކަމަށްވެސް ބުނެފައިވެއެވެ.
އެމެރިކާއިން އދ އަށް ކަނޑައަޅާފައިވާ މަންދޫބެއް ތުހުމަތުކުރެއްވިގޮތުން ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ނޯތުކޮރެއާއިންދަނީ ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. އަދި މި ތުހުމަތުތައް ކުރެވެމުންދަނީ ދެ ގައުމުން ގުޅުން ބަދަހިކުރުމަށް ބައެއް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނިކޮށްކަމަށްވާއްިރު، އެމެރިކާއިންވަނީ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް ހަތިޔާރު އެއްތަނުން އަނެއް އަތަށް ބަދަލުކުރުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައިކަމަށާއި މިފަދަ ހަތިޔާރުތައް ލިބެމުންދާކަމަށްވުމުން ރަޝިއާއަށް ހަނގުރާމައިގައި ބޮޑެތި ކުރިއެރުންތައް ހޯދުމަށް ފަހިވެގެންދިޔަކަމަށްވެސް ބުނެފައިވެއެވެ.
މީޑިއާތަކުން ބުނާގޮތުން ޔޫކްރެއިންގައި ބޭނުންކުރުމަށްޓަކައި ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދިނުން އދ އިން އެއްބަސްވެފައިވާ ބައެއް މުއާހަދާތަކާއި ހިލާފުވާކަމަށެވެ. މިފަދަ ކަންކަން ދިރާސާކުރުމަށް ކަނޑައެޅިފައިވާ މުއައްސަސާއިންވަނީ ޔޫކްރެއިންގައި ނޯތުކޮރެއާގެ ބެލިސްޓިކް މިސައިލު ބޭނުންކޮށްފައިވާކަމުގެ ހެކިތައް ހުރިކަން އދގެ ސަލާމަތީ މަޖިލީހަށް ހުށައަޅާފައެވެ. އަދި އެއީ އެއްބަސްވުންތަކާއި ހިލާފަށް ކޮށްފައިވާ އަމަލެއްކަމަށް ބުނެފައިވެއެވެ.

