ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫރަޕްގެ ގައުމުތަކަށް ނިއުކްލިއާރ ހަމަލާއަކުން ދިފާއު ނުވެވޭނެ: ޕުޓިން

ޕުޓިން އަދި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކު އާއި ފަރަންސޭސި ރައީސް އިމެނުއެލް މެކްރޮން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫރަޕުގެ ގައުމުތަކުގައި ނިއުކްލިއަރ ހަމަލާއަކުން ދިފާއުވުމުގެ ގާބިލުކަން ނެތްކަމަށް ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މިޑިއާތަކުން ބުނާގޮތުން ރަޝިއާގެ ރައީސް ޕުޓިން ނިއުކްލިއަރ ބާރުގެ ބޭނުންކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ފެނިގެންދާކަމަކީ އިންތިހާއަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އަދި އޭނާވަނީ ޔޫރަޕަށް ރަޝިއާގެ ނިއުކްލިއާރ ހަމަލާތަކުން ދިފާއުވުމުގެ ގާބިލުކަން ނެތްކަމަށް ބުނެ ޕުޓިންވަނީ އެ ބައްރުގެ ގައުމުތަކަށް ފާޑުވިދާޅުވެފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ހަތިޔާރާއި އަސްކަރީ ގާބިލުކަން ހުރި މިންވަރާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވި އިރު ޕުޓިންގެ ފަރާތުން ބޮޑާކަމުގެ ސިފަތައް ފެނުނުކަމަށްވެސް ހުޅަނގުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި އޭނާވަނީ އެމެރިކާގެ ނިއުކްލިއަރ ގާބިލުކަން ހުރި މިންގަނޑާއިމެދު މައުލޫމާތުތައް ހިއްސާކޮށް އެކަމަށްވެސް ފާޑުވިދާޅުވެފައިކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެގޮތުން މުޅި ޔޫރަޕުގައި ނިއުކްލިއަރ ހަތިޔާރު ހުރި ވަރަށްވުރެ ރަޝިއާގައި ގިނަކަމަށާއި އެމެރިކާގެ ހަތިޔާރުތައް އެއްކުރިނަމަވެސް ރަޝިއާ އޮތީ ކުރީގައި ކަމަށް ސިފަކޮށްފައިވެއެވެ. އަދި އޭނާ ވަނީ ހާއްސަ ގޮތެއްގެ މަތިން އެ ބައްރުގެ ދިފާއީ ގާބިލުކަމާއި ގުޅޭގޮތުން ވާހަަކަދައްކަވާފައިކަމަށާއި އޭނާވަނީ ނިއުކްލިއަރ ނުރައްކާތައް އަންގައިދޭ އާލީ ވޯރިނިންގް ސިސްޓަމެއް ނެތުމުން އެ ބައްރު އޮތީ ގާތްގަނޑަކަށް ދިފާއު ނުވެވޭނެ ހާލަތުގައިކަމަށްވެސް ވިދާޅުވިކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޔޫރަޕުގެ ގައުމުތަކުން އަމިއްލަ ނިއުކްލިއަރ ހަތިޔާރުތަކެއް ގެންގުޅެމުންދަނީ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުންކަމަށްވެސް މީޑިއާތަކުން ބުނާއިރު ފިނި ހަނގުރާމައިގެ ދުވަސްވަރު އިންތިހާއަށް ހަރަކާތްތެރި ވާދަވެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ރަޝިއާ އާއި އެމެރިކާގެ ގާބިލުކަން ހުރި މިންގަނޑާއި ބަލާއިރު އެ ގައުމުތަކުގެ ގާބިލުކަން ދަށްކަމަށް ބުނެފައިވެއެވެ.

ޔޫކޭގައި 225 ނިއުކްލިއާރ ވޯހެޑް ގެންގުޅޭކަމަށް ރިޕޯޓުކޮށްފައިވާއިރު ފްރާންސްއިން 290 ވޯހެޑް ނުވަތަ ނިއުކްލިއަރ ހަތިޔާރު ގެންގުޅޭކަމަށް މައުލޫމާތު ހިއްސކޮށްފައިވެއެވެ. އަދި އެމެރިކާއިން އެ ބައްރުގެ އެކި ގައުމުތަކުގައި ބަހާލައިގެން 100 ވަރަކަށް އެފަދަ ހަތިޔާރު ބަހައްޓާފައިކަމަށްވެސް ބުނެފައިވާއިރު 20 ވަނަ ގަރުނުގައި އެތައް ހާސް ހަތިޔާރެއް ގެންގުޅުނު ދުވަސްވަރާއި އެކި އެއްބަސްވުންތަކުގެ މަތިން ގައުމުތަކުން ދުރަށް ގޮސްފައިވާނަމަވެސް އަދިވެސް ދުނިޔެމަތީގައި 12،100 މިފަދަ ހަތިޔާރު ގެންގުޅެމުންދާކަމަށާއި މީގެ ތެރެއިން 10،000 ހުރީ އެމެރިކާ އަދި ރަޝިއާގެ އަތުގައިކަމަށް ބުނެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން ކޮންމެ ބަޔަކު ބޭނުންކުރި ނަމަވެސް، ނިއުކްލިއާރ ހަތިޔާރުން އިންތިހާ ބޮޑެތި ގެއްލުންތައް ލިބިގެންދާނެކަން ސާފުކޮށް އެނގިވަޑައިގަންނަވާނެނަމަވެސް ޕުޓިން ގެންދަވަނީ އިންޒާރުތައް ދެއްވަމުންކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: