ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާއިން މެރިޓައިމް ބޯޑަރަށް ބަދަލު ގެންނަން އުޅޭކަމުގެ ކަންބޮޑުވުން!

އަސްކަރީ ކަނޑުއުޅަނދުތަކެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާއިން އެ ގައުމުގެ މެރިޓައިމް ބޯޑަރު އަލުން ކުރެހުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި ކަނޑު އަޑީގައި އޮތް ސަރަހައްދަކުން ބިމެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން މިހާރު ކުރެވެމުންދާ ހަނގުރާމައިގައި ނޭޓޯއިން ޝާމިލުވެ ފުޅާވެގެންދިއުމުގެ ފުރުސަތު ބޮޑުކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން ރައީސް ޕުޓިން މިހާރު މަސައްކަތްކުރަމުންދަނީ އެ ގައުމުގެ މެރިޓައިމް ބޯޑަރަށް ބަދަލުތަކެއް ގެނައުމަށެވެ. އަދި އެ ބަދަލުތަކުގެ ސަބަބުން އެ ގައުމާއި ގާތުގައި މިވަގުތު ކަނޑު އަޑީގައި އޮތް ސަރަހައްދެއް ރަޝިއާއަށް ލިބިގެންދާނެކަމަށްވުމުންނާއި ނޭޓޯއިން ދެކޮޅު ހަދާނެކަމަށްވުމުން މައްސަލަތައް އިތުރުވެގެންދިއުމަށް އަންދާޒާކުރެވޭކަމަށް ރިޕޯޓުތަކުގައިވެއެވެ.

ރަޝިއާގެ ސަރުކާރުން ޑްރާފްޓުކޮށްފައިވާ ގަރާރެއްގައި އެ ގައުމުގެ ޑިފެންސް މިނިސްޓްރީއިންވަނީ ބަލްޓިކް ކަނޑު ސަރަހައްދުގައި އެ ގައުމުގެ ބޯޑަރުތައް އަލުން ކުރެހުމަށް ހުށައަޅާފައިކަމަށާއި އެހެންކަމުން ނޭޓޯގެ މެމްބަރު ގައުމުތަކެއްކަމަށްވާ ފިންލެންޑް އަދި ލިތުއޭނިއާގެ ނުރުހުން އަމާޒުވެފައިވާކަމަށް ބުނެފައިވެއެވެ. އަދި މިނިސްޓްރީއިން ހުށައަޅާފއިވަނީ ގަލްފް އޮފް ފިންލެންޑް ގާތުގައި އޮންނަ ރަޝިއާގެ ރަށްތަކެއް ގާތުން ބޯޑަރަށް ބަދަލުތަކެއް ގެނައުމަށްކަމަށްވެސް ބުނެފައިވާއިރު ހުށައެޅުން އެޕްރޫވް ވެއްޖެ ހާލަތެއްގައި 2025 ވަނަ އަހަރަށް ބަދަލުތައް ތަންފީޒުކުރެވިގެންދާނެކަމަށްވެސް ބުނެފައިވާއިރު، އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދީ މީގެ ޒަމާންތަކެއް ކުރިން ބޯޑަރު އެކުލަވާލާފައިވާ ޗާޓުގެ ހިސާބުތަކާއި އައު ޒަމާނީ ޗާޓުތަކުގެ ހިސާބުތަކާއި ދިމާނުވާތީކަމަށްވެސް ބުނެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ބޯޑަރަށް ގެނައުމަށް ކަނޑައެޅިފައިވާ ބަދަލުތައް ސީދާ ސާފުނުވާއިރު މިކަމާއި ގުޅޭގޮތުން އެއްވެސް ފަރާތަކާއި މަޝްވަރާއެއް ކުރެވިފައިވާކަންވެސް ޔަގީން ނުވާކަމަށް މީޑިއާތަކުން ފާހަގަކުރެއެެވ. އެހެންނަމަވެސް ފިންލެންޑްުގެ ބޮޑުވަޒީރުވަނީ އެ ގައުމާއި މަޝްވަރާއެއް ކުރެވިފައިނުވާކަން ކަށަވަރުކޮށްދީފައިކަމަށާއި މި މައްސަަލަ ފެންމަތިވެފައިވަނީ ބަލްޓިކް ކަނޑު ސަރަހައްދުގެ މައްޗަށް ބާރުވެރިވެގަތުމަށް ޕުޓިން މަސައްކަތްކުރައްވަމުންދާކަމަށް ސްވިޑިޝް އާމްޑް ފޯސަސްގެ އިސްވެރިޔާ ތުހުމަތުކުރައްވާފައިވަނިކޮށްކަމަށް ޝާއިއުކޮށްފައިވެއެވެ.

ފިންލެންޑުގެ ރައީސް މީޑިއާތަކާއި ހިއްސާކުރެއްވިގޮތުން ރަޝިއާގެ ކަނޑުގެ ސަރަހައްދަށް ބަދަލުތައް ގެނައުމާއި ގުޅޭގޮތުން ދައުރުަވަމުންދާ ރިޕޯޓުތައް ތަހުގީގުކުރަމުންދާޚަމަށެވެ. އަދި އެ ގައުމުގެ ސަރުކާރުން މައްސަލަ ވަރަށް ގާތުން ބަލަމުންދާކަމަށް މައުލޫމާތު ދީފައިވާއިރު ރަޝިއާ އާއި ދެމެދު އެއްވެސް މުއާމަލާތެއް ކުރެވިފައިނުވާކަމަށާއި އެ ގައުމަކީ ހަގީގަތް އޮތް ގޮތެއް ބެލުމަށް ފަހު އަމަލުކުރާ ގައުމެއްކަމަށްވެސް ވިދާޅުވެފައިވާއިރު، ފިންލެންޑްގެ ބޮޑުވަޒީރުވެސްވަނީ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާކަމަށް އެކްސްގައި ހއިްސާކޮށްފައެވެ.

ވަރަށް ގަދަ
47%ވަރަށް ގަދަ 47%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: