ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު އޮތީ ކައުންސިލަށް ގިނަ މެމްބަރުން ހޮވާގޮތަށް، އެއީ އެތަނަކަށް ބޭނުންވާ އަދަދުތޯ ވިސްނަން ޖެހޭ: އައިބީ

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓު ކުރުމަށް ކުރާ މަސައްކަތާއި އެކު، ރަށްތަކުގެ ކައުންސިލްތަކަށް ގިނަ މެމްބަރުން ހޮވުން ވެސް މަދު ކުރަން ޖެހޭކަމަށް އައްޑޫ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ކުރިޔަށް ގެންދިޔައީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަން ހިޔާލު ހޯދަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސެވެ. މި ގަރާރަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ، އިގްތިސާދީ ނަޒަރަކުން ވެސް ބަލައި އަޅަން ޖެހޭ އިތުރު އެހެން ފިޔަވަޅުތައް ވެސް އެބަހުރިކަމަށެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު ބަދަލުގެ ދަށުން، ކައުންސިލް މެމްބަރުންގެ އަދަދު އިތުރުވުމަށް ފަހު ލިބުނު ފައިދާއަކީ ކޮބައިތޯ ސުވާލު އުފެއްދި އެވެ. މީގެ ކުރިން މަދު މެމްބަރުން ނުވަތަ، ރަށު ކަތީބުން ތިބެގެން ނެރުނު ނަތީޖާތައް މިހާރަށް ވުރެ މާ ފުރިހަމަވެފައި ކާމިޔާބުކަމަށް ދީދީ ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމަށް ބަލާލާއިރު މަޖިލީހަށް، އަޅުގަނޑު ހަމަ ހީކުރީ މިގަރާރާ އެއްކޮށް ހަމަ މި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާ ރާއްޖޭގެ އިދާރީ ދާއިރާތަކަށް މިހާރު މިހިންގެނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެންމެ އެކަށީގެންވާ ގޮތަށް ތޯ ބަލައި، އަދި އެ ހިދުމަތް ދިނުމުގައި އަޅުގަނޑުމެން އިންތިހާބީ، އިންތިހާބުކޮށްފައިވާ ކައުންސިލަރުންނާއި ސިޓީ ކައުންސިލްތައް ރަށު ކައުންސިލްތައް މިތިބީ އަޅުގަނޑުމެންނަށް ބޭނުންވާ އަދަދަށްތޯ.. އެވެސް އަންނާނެކަމަށް އަޅުގަނޑު އުންމީދުކޮށްގެން އަޅުގަނޑު ހުރީ..

ދީދީ ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ކުރިޔަށް އޮތްތަނުގައި، ރައްޔިތުންނާއި ގުޅުން ހުރި އެފަދަ ބިލްތައް އަންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މަޖިލިސް ތެރޭގައި މިފަދަ މައުޟޫއުގައި އެބޭފުޅުން ދައްކަވާ ވާހަކަތަކީ އެއްވެސް ހާލަތެއްގައި، ސަރުކާރަށް ސަނާކިޔައި ތާއީދު އޮއްކަން ދެއްކުމަށް ދައްކަވާ ވާހަކައެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ދީދީ ވިދާޅުވީ ދިވެހި ދައުލަތަކީ، ރައްޔިތުންކަމަށާއި ގައުމުގެ ފުދުންތެރިކަން ރަނގަޅުވާ ވަރަކަށް އޭގެ މަންފާ ވެސް ކުރާނެކަމަށެވެ. އެހެންކަމުން މުސްތަގުބަލުގައި ގައުމަށް ފައިދާވުމަކީ ހުރިހާ ރައްޔިތުން ވެސް އެދޭގޮތްކަމަށް ވާތީ ދީދީ އެދިވަޑައިގަތީ ޝުޖާއު ހުށަހެޅުއްވި ގަރާރު ބަލައިގަނެ ރަނގަޅަށް ގޮތް ނިންމުމަށެވެ.

މަޖިލިސް މެމްބަރުންގެ އަދަދުގައި ކެޕެއް އެޅުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން ހުށަހެޅި އެވެ. އެކަމަކު އެ ބިލު އަނބުރާ ގެންދިޔައީ، ދައުރު ނިމުމާއި އެކު އެ މަސައްކަތް ވެސް އުވިގެންދާނެތީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: