ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސާއި އުއްތަމަ ފަނޑިޔާރު ވަކި ކުރެވޭ ބޮޑު ބާރަކީ މަޖިލިސް، މުސާރަ ކުޑަ ކުރަން ގަބޫލެއް ނޫން: ގާސިމް

މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަ ކުރުމަށް ދެކޮޅުވާ ސަބަބަކީ، އެބޭފުޅުންނަކީ ދައުލަތުން ތިން ބާރުގެ ތެރެއިން ބޮޑެތި ނިންމުންތައް ނިންމުމުގެ އެންމެ ބޮޑު ބާރު ލިބިފައި އޮތް މުވައްސަސާއަށް ވާތީކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މުސާރަ ބޮޑުކަމަށް ރައްޔިތުން ކުރާ ޝަކުވާތަކަށް ދެކޮޅު ހައްދަވާފަ އެވެ. އަދި ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަކީ ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ، ބޮޑު މަސްއޫލިއްޔަތެއް އޮތް މުވައްސަސާއެއް ކަމަށެވެ. އެގޮތުން ގާނޫނުއަސާސީ ބަދަލު ކުރުމާއި، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ އިތުރުން އުއްތަމަ ފަނޑިޔާރު ވަކި ކުރުމުގެ ބާރު ވެސް މަޖިލީހަށް އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު ކުރިޔަށް ދަނީ، ދަރަންޏާއި ބެހޭ ބިލުގެ ބަހުސްގެ މަރުހަލާ ނަމަވެސް ގާސިމް ވަނީ އިގްތިސާދު މެނޭޖު ކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އަވަސް ކުރުމަށް ގޮވާލައި، މެމްބަރުން އެކަމުގައި އެއްބާރުލުން ދޭން އެދިފަ އެވެ.  ގާސިމް ވިދާޅުވި ގޮތުގައި ދައުލަތުގެ މާލީ ނިޒާމު ދޯހަޅިވެ ކަސްތޮޅު އެޅުވޭ ހާލަތަކަށް ކަންކަން ދިޔަދީގެން ނުވާނެ އެވެ. އަދި ގައުމު ދަރަނިވެރިވުމުގެ ޒިންމާ ކޮންމެ ބަޔަކު އުފުލަން ޖެހުނު ނަމަވެސް، ފައިސާތައް ދެއްކުމުގެ މަސްއޫލިއްޔަތު އެޅުވިފައި އޮތީ ދިވެހި ދައުލަތަށްކަން ގަބޫލު ކުރަން ޖެހޭކަމަސް ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެންމެން ވެސް ދައްކަމުން ދިޔައީ، ކުރިޔަށް އޮތް އަހަރުތަކުގައި ރާއްޖެ އަނބުރާ ދައްކަން ޖެހޭ ލޯނުތަކާއި ގުޅޭގޮތުންކަން ފާހަގަކޮށް މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން އެ ވާހަކަތައް ދައްކައި ގައުމު ހަމަ މަގަށް އެޅުވުމަށް ކުރަން ޖެހޭ މަސައްކަތަކަށް އެއްވެސް ހުއްޓުމެއް އައިސްގެން ނުވާނެކަމަށެވެ.

ގާސިމް ވިދާޅުވީ އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމުގައި ބައިވެރިނުވެ މަޖިލީހުގެ މެމްބަރުން ތެދުވެ ތިބީ މާލިއްޔަތު ދިފާއު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް ކަމަށެވެ. އެކަމަކު ގާސިމް ދެ ފަހަރެއްގެ މަތީން ދެން ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓު ކުރުމާއި މެދު ހިޔާލު ހޯދުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ބިލަށެވެ. މެމްބަރުންގެ އަދަދު އެއް އަދަދެއްގައި ހިފެހެއްޓި ނަމަވެސް މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެންނާން ނުފެންނަކަމަށް އެ ބިލުގެ ބަހުސްގައި އިއްޔެ ގާސިމް ދެއްކެވި ވާހަކަތަކަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

ގާސިމް ވިދާޅުވީ މެމްބަރުންގެ މުސާރަ ބޮޑު ނޫންކަމަށް އޭނާ ދެންނެވީ، އެބޭފުޅުން މަސައްކަތް ކުރަމުން ގެންދަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގައިކަމަށެވެ.

އެ ވާހަކައިގައި އަޅުގަނޑު ދެންނެވިން، ރަނގަޅު ވާހަކައެއް… އަޅުގަނޑުމެން މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ނުފެންނަކަމަށް.. އެހެން ނަމަވެސް އަދަދު ހިފަހައްޓަން ޖެހޭކަމަށް….. އަޅުގަނޑު ކުޑަކުރަން ނުފެންނަކަމަށް ދެންނެވީ ރައްޔިތުންގެ މަޖިލީހަށް ކަނޑައެޅިފައި އޮންނަ ބަޖެޓަކީ ދައުލަތުގެ ތިން ބާރު ވަކިކޮށްފައި އޮންނަ ތިން މުވައްސަސާގެ ތެރެއިން ބަލާއިރު، މިއީ އެއް ބާރު ދައުލަތުގެ.. އަނެއްހެން ދަންނަވާނަމަ އެންމެ ބާރުގަދަ ބާރަކީ މިއީ.. އެހެނީ ގާނޫނުއަސާސީ ބަދަލު ކުރުމާއި، ރައީސުލްޖުމްހޫރިއްޔާއަށް އުއްތަމަ ފަނޑިޔާރު ވަކި ކުރުމާއި ނުކުރުމުގެ ބާރު ވެސް އޮތީ މިތަނަށް.. އެހެންވީމާ އަޅުގަނޑުމެން އެހާ ބޮޑު މަސްއޫލިއްޔަތެއް އަދާކުރާއިރު، އަޅުގަނޑުމެންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމުގެ ވާހަކަ ދެކޭ ހިނދު އެކަމުގެ ވާހަކަ ދައްކަން ޖެހޭ..

ގާސިމް ވިދާޅުވީ ދައުލަތުގެ އެތެރޭގެ ހަރަދުތައް ކުޑަކުރުމަށް އަޅަން ޖެހޭ، ފިޔަވަޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާނީ ރަނގަޅަށްކަމަށް ގަބޫލު ކުރާކަމަށެވެ. އެގޮތުން އުވާލަން ޖެހޭ ކުންފުނިތައް އުވާލައި، އެއްވެސް ޒިންމާއެއް ނެތް ގޮތަށް ދީފައި ހުރި ވަޒީފާތަކުން މީހުން ވަކި ކުރުން ހިމެނޭކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ބައެއް ކުންފުނިތަކުގެ ސަބަބުން، ލިބޭ ގެއްލުން ކުޑަކުރަން އަޅަން ހުރި ފިޔަވަޅުތައް ވަރަށް ގިނަކަމެވެ. އަދި އެފަދަ ނިންމުންތަކަށް ފަހު ދިވެހި ރައްޔިތުންނަށް ހިންދެމިލައިގެން އުޅެވޭނެކަމަށް ގާސިމް ވިދާޅުވި އެވެ. މަޖިލީހުގެ މެމްބަރުންގެ އެއްބާރުލުން އެކަމުގައި ލިބޭނެކަމަށް ތަކުރާރު ކުރައްވައި ގާސިމް ވިދާޅުވި އެބޭފުޅުން ވެސް ތިބީ ހިތި ބޭސް ބޯން ތައްޔާރަށްކަމަށެވެ.

މި ރައްޔިތުންގެ މަޖިލީހުން މިތިބީ ވާންޖެހޭ ކޮންމެ ސެކްރިފައިޒެއް ވެސް ވާން ތައްޔާރަށް.. ދެން އެހެން ދެންނެވީމާ އަޅުގަނޑަށް ކަށަވަރު މި ދިވެހި މަޖިލީހުގެ އެއްވެސް މެމްބަރެއް މި ގައުމު ސަލާމަތް ކުރުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް، ކޮންމެ ހިތި ބޭހެއް ވެސް ބޯން މި ތިބީ ތައްޔާރަށޭ.. އެހެންވީމާ އެ ފިޔަވަޅުތައް ލަސް ނުކުރަމާ ހިނގާށޭ، ލަސް ކުރައްވައިފިއްޔާ އަޅުގަނޑުމެން އައިއެމްއެފާ، ވޯލްޑް ބޭންކުގެ ޕްރޮގްރާމް ބަޖެޓިންއަށް ދާން ޖެހޭނެ..

ގާސިމް ވިދާޅުވީ އެންމެ ބޭނުންވާ ވަގުތު ފިޔަވަޅު ނޭޅިއްޖެ ނަމަ، ބޭރުގޭ މާލީ އިދާރާތަކުގެ ޕްރޮގްރާމުތަކުގައި ބައިވެރިވުން ނޫން އިތުރު ގޮތެއް ނޯންނާނެކަމަށާއި އެހާ ހިސާބުން ދިވެހި ދައުލަތަށް ދެވޭނެ ސަބްސިޑީއެއް ވެސް ނޯންނާނެކަމަށެވެ. ގާސިމް ވިދާޅުވީ ލޯނުތައް ނެގީ ކޮން ބައެއްކަން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އެކަމަކު ކުރީ ސަރުކާރުގެ ބަސް ގެނެސް، އެ މައުޟޫއުގައި ވަގުތު ހޭދަ ކުރުމަށް ބޭނުން ނުވާކަމަށް ގާސިމް ވިދާޅުވި އެވެ.

އަޅުގަނޑު މި ވާހަކަ ދައްކަނީ، އެ ވާހަކަ އެނގި ހުރި މީހެއްގެ ހައިސިއްޔަތުން.. މި ވާހަކަ އެނގޭ މީހަކަށްވާތީ، އެނގި ހުރި މީހަކަށް ވާތީ، މެނޭޖުކޮށްފައި ހުރި މީހަކަށް ވާތީ.. އެއީ މަނިތަރީ ޕޮލިސީއައި ފިސްކަލް ޕޮލިސީ… އިންޗާޖަކަށް ހުރި މީހަކަށް ވާތީ..

މީގެއިތުރުން ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެހެން އެއްވެސް ސިފައެއްގައި ހައްގު ގޮތެއްގައި ފައިސާތަކެއް ލިބޭނެ ގޮތެއް އޮތް ބައެއް ނޫންކަމަށާއި ދައުލަތުގެ ވުޒާރަތަކާއި ރާއްޖޭގެ އެހެނިހެން ކުންފުނިތަކުގައި ތިބި ވެރިންނަށް ފައިސާ ލިބޭނެ ފަދަ ގޮތަކަށް ލިބޭނެ ބައެއް ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: