ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު ފެނަކައަށް ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުގައި ކަނޑަޅާފައިވާ ވަރަށްވުރެ އިތުރަށް ފައިސާދީފައިވޭ: އޮޑިޓް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ފެނަކައިގެ ކުރީގެ އެމްޑީ އަހްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރު ފެނަކަ ކުންފުންޏަށް ސަބްސިޑީގެ ގޮތުގައި ދައުލަތގެް ބެޖެޓުން ދޭން ކަނޑައަޅާފައިވާ ވަރަށްވުރެ އިތުރަށް 26 އިންސައްތަ އިތުރަށް ދީފައިވާ ކަމަށް މިދިޔަ އަހަރުގެ ބަޖެޓް ރިވިއު އޮޑިޓޫން ދައްކައިފިއެވެ.

އޮޑިޓާރ ޖެެނަރަލް އޮފީހުން އާންމުކޮށްފައިވާ ދިވެހިރާއްޖޭގެ 2023 ވަނަ އަހަރުގެ ބަޖެޓުގެ ބޭނުންކޮށްފައިވާ ގޮތުގެ އޮޑިޓު ރިޕޯޓުގައި ވާގޮތުން 2023 ވަނަ އަހަރު ކަރަންޓު ސަބްސިޑީގެ ގޮތުގައި ކަނޑައެޅިފައިވަނީ 763 މިލިއަން ރުފިޔާކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ނުވަ މަހުގެ ތެރޭގައި 962 މިލިއަން ހަރަދުވިކަމަށް މައުލޫމާތުތަކުން ދައްކާކަމަށާއި މިއީ ފާސްކޮށްފައިވާ ބަޖެޓަށްވުރެ 26 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް ބުނެފައިވެއެވެ.

އިސްލާހުކޮށްފައިވާ ބަޖެޓުގެ 1150 މިލިއަން ކަރަންޓު ސަބްސިޑީ ގެ ގޮތުގައި ހަރަދުވެގެންދާނެކަމަށް ބަޔާންކޮށްފައިވާކަމަށް ފާހަގަކޮށް އޮޑިޓަރ ޖެނަރަލްވަނީ އެއީ ފާސްކޮށްފައިވާ ބަޖެޓަށްވުރެ 51 އިންސައްތަ މަތީ އަދަދެއްކަމަށް އަލިއަޅުވާފައެވެ. އަދި 2023 ވަނަ އަހަރުގެ ފުރަތަމަ 9 މަހުގައި ސަބްސިޑީގެ ގޮތުގައި ދީފައިވާ ޖުމުލަ އަދަދުން 87 އިންސައްތަ ދީފައިވަނީ ފެނަކަ ކުންފުންޏަށްކަންވެސް މައުލޫމާތުތަކުން ހާމަވެގެންދާކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން ފެނަކަ ކުންފުންޏަށް ދޭ ސަބްސިޑީގެ ބޭނުން ހިފަނީ މައިގަނޑު ގޮތެއްގައި އެ ކުންފުނީގެ އޮޕަރޭޝަނަލް ހަރަދުތައް ކުރުމަށްކަމަށް ރާއްޖޭގެ 2023 އިން 2025 ވަނަ އަހަރަށް އެކުލަވާލާފައިވާ ފިސްކަލް ސްޓްރެޓަޖީގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ފެނަކަ ކުންފުނީގެ ސަބަބުން ބަޖެޓަށް ބުރަވެގެންދާ މިންވަރު ދަށްކުރަންޖެހޭ ކަމަށް ގަބޫލުކުރެވޭކަމަށްވުމުން ސަބްސިޑީ ދޭ މިންގަނޑުތައް ދަށްކުރުމަށްވެސް މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓަޖީގައި ވާއިރު 600 މިލިއަންގައި ހިފެހެއްޓުމަށް ލަފާދީފައިވާކަންވެސް އޮޑިޓުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: