ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިން ގައިވައިދާ ހިލާފަށް ދިން ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީ އާއި ފުލުހުންނަށް ހުށަހަޅަން މަޖިލީހުން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ގަވާއިދާ ހިލާފަށް ދީފައިވާ ޕްރޮމޯޝަންތަކުގެ މައްސަލަ ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދުގެ މަޖިލީހުގައި ވަނީ ފެނަކައިގެ މުވައްޒަފުން ރެކްރޫޓުކުރުމައި ފްރޮމޯޝަން ދިނުމާއި އަދި މުސާރައާއި އިނާޔަތްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރެލްގެ އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އަހާފައެވެ. އެ ރިޕޯޓަށް ވޯޓަށް އަހާފައިވާއިރު، މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 58 މެމްބަރުންގެ ތެރެއިން 56 މެމްބަރުން ވަނީ ވޯޓުގައި ބައިވެރިވެ އެ ރިޕޯޓު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ މުވައްޒަފުންގެ ގަވާއިދާ ހިލާފަށް 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި ބައެއް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ގަވާއިދާ ހިލާފަށް ބައެއް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ޓަކައި އެ މައްސަލަ ތަހުގީގުކުރުމަށް އޭސީސީއަށާއި ފުލުހުންގެ ހިދުމަތަށާއި އަދި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް އަންގަން ވަނީ ފާސްކޮށްފައެވެ. އަދި އެ މައްސަލަ ނިމެންދެން މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

އެ ރިޕޯޓުގައި ފެނަކަ ރައިޓްސައިޒް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަންގާފައެވެ. އެގޮތުން، ކުންފުނީގެ އޮޕަރޭޝަން ފުޅާވަމުންދާ މިންވަރާއި ވޯކްލޯޑަށް ބަލައި، އެކަށީގެންވާ ކޯ ސްޓާފިންއަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައެޅުމަށާއި، އިތުރު މުވައްޒަފުން ބޭނުންވާކަން ކަށަވަރުކުރުމަށްފަހު ނޫނީ ވަޒީފާތަކަށް މީހުން ނުނެގުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، އާންމުކޮށް އިޢުލާން ކުރުމަކާ ނުލައި މުވައްޒަފުން ނެގުމަކީ ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަގުފަހިވާ ކަމަކަށް ވާތީ، އެ ފުރުސަތު ނުލިބޭ ގޮތަށް ކުންފުނީގެ މުވައްޒަފުންގެ ގަވާއިދު އިސްލާހުކުރުމަށް ވަނީ އަންގާފައެވެ. އަދި ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީންކޮށް، ޝޯޓްލިސްޓްކޮށް، އިންޓަވިއު ޕްރޮސެސް ފުރިހަމަކުރުމަށްފަހު ނޫނީ މުވައްޒަފުން ނުނެގުމަށާއި، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާތައް މުރާޖައާކުރުމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި އަންގައިފައެވެ.

އެ ރިޕޯޓުގައި އަންގާފައިވާ ކަންކަން ތަންފީޒުކުރަމުންދާ މިންވަރު ބެލުމަށް، އިސްލާހުކުރާ ގަވާއިދުތަކާއި އެސްއޯޕީތައް ތިން މަސް ދުވަހުގެ ތެރޭގައި، އަދި އެލަވަންސާ ގުޅޭ ގަވާއިދު 45 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ފެނަކައަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ފެނަކަ އޮޑިޓްކުރާއިރު، އެ އިސްލާހީ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެލުމަށް ވެސް މަޖިލީހުން ފާސްކުރި ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: