ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިހާނުގެ މައްސަލަ ކުއްލިޔަކަށް އަނބުރާ ގެންދިޔައީ ޝަރުއީ ދާއިރާއަށް އަތް ނުބާނާތީތޯ؟: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް ކުއްލި ގޮތަކަށް އަނބުރާ ގެންގޮސް ނިންމާލިކަމަށް އިޝާރާތްކުރައްވާ ރައީސް ޑރ މުހައްމަދު މުއިއްޒު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާކަމަށް ބުނާ ވާހަކައާއިމެދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ރައީސް ޔާމީންވަނީ ސަރުކާރުން ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިހުތިރާމްކުރާކަމާއިމެދު ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ގާނޫނުއަސާސީ އުފަންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުންކަމަށެވެ. އަދި ގާނޫނުތައްވެސް ހަދަނީ އެ މަޖިލީހުންކަމަށްވާއިރު ޝަރުއީ ދާއިރާއަށް އެއްވެސް ބައެއްގެ ނުފޫޒު ނުވަނުމަކީ ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ހުންނެވީ ސިޔާސީ ބަންދެއްގައިކަމަށް ރައީސް މުއިއްޒު ވިދާޅުވިކަމަށެވެ. އަދި އެމަނިކުފާނަކީ މައުސޫމު މީހެއްކަމަށްވެސް ވިދާޅުވެފައިވާކަމަށާއި އެ ހާލަތާއިއެކު ވެރިކަން ފެށޭ ދުވަހުން ފެށިގެން ކޯޓުތަކަށް އަތް ބޭނުން ނިމުމަކަށް އަންނާނެކަމަށްވެސްް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވިކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން އަދި ރައީސް މުއިއްޒުގެ ވެރިކަން ނުފެށެނީކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަަކީ ދައުލަތް ހިންގުމުގެ ހުރިހާ ބާރުތަކެއް ލިބިދީފަިއވާ މުއައްސަސާކަމަށެވެ. އަދި ގާނޫނުއަސާސީ އޮންނަ ގޮތުން ރައީސްއަށްވެސް މަޖިލީހުން ރުހުން ބޭނުންވާނެކަމަށްވުމުން އެތަނަކީ އެންމެ ވަރުގަދަ މުއައްސަސާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒުގެ ވާހަކަތައް ބަދަލުވެ އައިސް އެންމެ ފަހުން ރައީސް ޔާމީންގެ މައްސަލަތަކެއް ހުރުމުން ކޯޓުން ނިންމާނެކަމަށް ވިދާޅުވިކަމަށާއި ރައީސް މުއިއްޒުވަނީ އެކަމާއިމެދު އެއްޗެއް ވިދާޅުނުވާނެކަމަށް މީޑިއާތަކާއި ހިއްސާކުރައްވާފައިކަމަށް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޖިނާއީ އަދުލުގައި ދެ ރައްޔިތަކު ދެމެދު ތަފާތުކުރެވިގެން ނުވާނެކަމަށެވެ. އަދި ކުށުގެ އަދަބު އެމީހަކަށް ލިބޭނީ ނުވަތަ ކުށުން ބަރިއްޔަވުމުގެ ހައްގު ވަކީލުން ހޯދައިދެވޭނީކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު މިނިވަން ނުކުރެވޭނެ ކަމުގެ ހުއްޖަތުތައް ދައްކަމުން ދައްކަމުންގޮސް އެންމެ ފަހުން ކޯޓުގައި އޮތް މައްސަލައެއްކަމަށްވުމުން އެކަމާއި އެއްވެސް ކަމެއް ކުރެވެން ނެތްކަމަށް ސިފަކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ މައްސަލަވެސް އޮތީ ކޯޓުގައި ނޫންތޯ ސުވާލުކުރެއްވިއެވެ.

އެމަނިކުފާނުވަނީ އެއީ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތެރެއިން ފުލުހުން ތަހުގީގުކޮށް ޕީޖީއަށް ފޮނުވައި އެ އޮފީހުން ހުރިހާ ބަލަންޖެހޭ އުންސުރުތަކާއި ”ފަންސުރުތައް“ ބެލުމަށްފަހު އެ އޮފީހުން ދައުވާކުރުމަށް ނިންމައި ކޯޓަށް ފޮނުވާފައިވާ މައްސަލައެއް ނޫންތޯ ސުވާލު ކުރައްވާފައެވެ. އަދި އެ ދައުވާ ކުރެއްވީ މިހާރުވެސް ޕީޖީގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމްކަމަށް އިޝާރާތްކުރެއްވިއިރު ކޯޓަށް ފޮނުވާފައިވާ މައްސަލައެއް އަނބުރާ ގެންދެވޭނެ ގޮތްތަކެއްވެސް އެނގޭ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންވަނީ ނިހާނުގެ މައްސަލަ އަނބުރާ ގެންދެވީ ޕީޖީ ޝަމީމު އަމިއްލައަށް ބޭނުންވެގެންތޯ ނުވަތަ ސިޔާސީ ނުފޫޒެއް ވަންނާތީ ތޯ ސުވާލު އުފައްދަވާފައެވެ. އަދި އެ ސުވާލު ކުރެއްވެނީ މިއަދު ނިހާނު މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް އައްޔަނުކޮށްފައިވުމުންކަމަށާއި ގާނޫނުގައި އެއްވެސް މީހަކު ކޯޓުގައި ހިނގަމުންދާ މައްސަލަތަކަށް އަތް ފައި ބޭނުމަކީ ”ހަރާން“ ކަމެއް ކަމަށް ބަޔާންކޮށްފައިވާއިރު މިއީ ސަރުކާރުން އެ ދާއިރާއަށް ކޮށްފައިވާ މަލާމާތެއްކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒުވަނީ އަދުލު އިންސާފުގެ ދާއިރާއަށް އަތް ނުބާނާ ވާހަކަދެއްކެވުމަށްފަހު ވަކި މައްސަލަތަކެއް އަނބުރާ ގެންގޮސްފައިކަމަށާއި އެއަށްފަހު މައްސަލަ ރައްދުވާ މީހާ ގެންގޮސް ވެއްދީ އެއްކަލަ ގާނޫނު ހެދި އެންމެ ވަރުގަދަ މުގައްދަސް މުއައްސަސާއަށްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެތަނުގައި ތިބެނީ ސިޔާސީ މީހުން ވިޔަސް ވާހަކަދައްކަން އޮންނަނީ ދިވެހިރާއްޖޭގެ މަސްލަހަތަށް ރިއާޔަތްކޮށްކަމަށެވެ. އަދި ދޮގު ހަދަން ނޯންނަ ނަމަވެސް އެކަން ކުރުން މަޖިލީން މަނާވެސް ނުކުރާކަމަށާއި އެތަނަކީ އިލްމީ ދަރުސްތައް ދޭ ތަނަކަށްވުމުން ރަނގަޅު ގޮތަކީ ތެދުބަހުން ވާހަކަދެއްކުމާއި ދިރާސީ ނަޒަރަކުން ގައުމުގައި ހުރި މައްސަލަތަކުގެ ވާހަކަ ދެއްކުންކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މިހާރުވެސް ޕީޖީގެ ގޮތުގައި ހުންނެވި ޝަމީމް ދައުވާކުރުމަށް ފޮނުއްވައިގެން މިއޮށް ހާ ދުވަހު ޕްރޮސެކިއުޓް ކުރަމުންދިޔަ މައްސަލައެއް ހުކަމާކާއި ހިސާބަށް ވާސިލުނުވަނީސް އަނބުރާ ނަގާފައިވާކަމަށާއި އެކަމުގައި ކޮންމެވެސް ހިކުމަތްތަކެއް އޮންނަންވާނެކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސިޔާސީ ނުފޫޒެއް ނުވަންނަ ވާހަކަ ދައްކާކަމަށްވީނަމަވެސް އެމަނިކުފާނުގެ މައްސަލައިގައި ސަރުކާރަށް އެއްވެސް ކަމެއް ކުރެވިފައިނުވަނީ ސިޔާސީ ނުފޫޒު ވަދެދާނެކަމަށްވުމުން ބުނާއިރު ހިނގަ ހިނގާ ހުރި ނިހާނުގެ މައްސަލަ ހުއްޓުވާލުމަށްފަހު ގެންގޮސް ރައްޔިތުންގެ މަޖިލީހުން ވަޒީފާ ދީފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: