ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބްރިޖުގެ 40 އިންސައްތަ މަސައްކަތް ނިމިއްޖެ

ތިމަމާލެ ބްރިޖުގެ ފުރަތަމަ ސެގްމެންޓް، ވިލިމާލެއާ ދިމާލުން ގުޅުވާލުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ގެންދަނީ-- ފޮޓޯ: އިންފްރާންސްޓްރަކްޗާ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، ބްރިޖުގެ ނިމިފައި ވަނީ 29 އިންސައްތަ ނަމަވެސް ބްރިޖުގެ 40 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

ބްރިޖުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށް ދަނީ ވިލިމާލެއާއި ދިމާލުން އެއް ތަނބު އަނެއް ތަނަބާއި ގުޅުވާލުމަށް ބޭނުންވާ ޕްރީ ކާސްޓުގެ މަސައްކަތެވެ. އެހެންކަމުން ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދެވޭނަމަ، އަހަރުގެ ކުރީކޮޅު މާލެ – ވިލިމާލެ ގުޅުވާލެވޭނެކަމަށް މިނިސްޓްރީން ލަފާކުރެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ލަފާ ކުރާ ގޮތުގައި، ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ބެލެވެނީ 2026 ގަ އެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު” ނުވަތަ “ތިލަ މާލެ” ބްރިޖުގެ ނަމުން ނަންދީ ކުރިޔަށް ގެންދާ މަޝްރޫއުގެ އެކި ސާވޭތައް ކުރިޔަށް ގެންގޮސް ތާފާތު ތާރީހުތަކެއް ދިން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައީ ބްރިޖުގެ އެއްވެސް ފޭސްއެއް ނިންމާނުލެވި އެވެ.

ބްރިޖަށް ބޮޑު ހަރަދުތަކެއް ހިނގިއިރު 7.7 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ފަށަން ގަސްތުކުރި އެ މަޝްރޫއަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފައެވެ. އަދި އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރުވެސް ހޯދާއިފައި ވެއެވެ.

އެއަށް ފަހު އައު ސަރުކާރުން ވެރިކަމާއި ހަވާލުވުމަށް ފަހު އާންމު ކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި، ރައީސް ސޯލިހު ވަނީ ދައުރު ނިމުމާއި ގާތްވެފައި ވަނިކޮށް އެއްބަސްވުން އިތުރުކޮށް 2026، ސެޕްޓެމްބަރ 30 އަށް އެ ދަންމާލާފަ އެވެ. އެހެން ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެ ތާރީހަށް ވެސް ބްރިޖު ނިމެނޭކެމަަށް ނުބެލެވޭކަމަށެވެ.

މަޝްރޫއު ކުރިޔަށް ދާގޮތް ރައީސް މުއިއްޒާއި، މިނިސްޓަރ އަދި ކެބިނެޓު ވަޒީރުން ވަނީ މީޑިއާތަކުގެ ހާޒިރުގައި ވެސް ބައްލަވާލައްވާފަ އެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިޔަށް ގެންދަނީ ވަރަށް ލަސްކޮށްކަމަށް ވާތީ، މަޝްރޫއު އަވަސްކޮށްދޭން އިންޑިއާގެ ސަރުކާރުގައި ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: