ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ގައުމުތައް ލޫޓުވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން: މުސްތަފާ

މުސްތަފާ އިބްރާހިމް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ފެނިގެންދަނީ ކަނޑި ބަޑި ފަދަ ތަކެތި ހިފައިގެން ގައުމުތަކަށް އަރާ ލޫޓުވަމުންދާ މަންޒަރު ނޫންކަމަށާއި ފެނިގެންދަނީ ޒަމާނީ ވަސީލަތްތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ މަންޒަރުކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސައިބަރކްރައިމް މައްސަލަ ހުއްޓުވުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު މުސްތަފާ ވިދާޅުވީ، މި މައްސަލައަކީ ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައިވެސް އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. މެމްބަރު ވިދާޅުވީ، ދާދި ފަހުން އަވަށްޓެރި ގައުމަކުން ސައިބަރކްރައިމް މައްސަލައިގައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރި ވާހަކަ މީޑިއާތަކުގައި ފާހަގަކުރެވުނުކަމަށާއި އެކަން ހިނގީ ރާއްޖެއާއި ގާތް ގައުމަކުންކަމަށްވާއިރު މާދަމާ ރާއްޖޭގައިވެސް މާދަމާ އެފަދަ ކަންކަން ނުވެ ނުދާނެކަން ގަބޫލުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ތިއްބަވައިގެން ވީޕީއެންއެއް މެދުވެރިކޮށް އެހެން ގައުމެއްގެ ނެޓްވާކަކަށް ވަދެ އެފަދަ ކުށެއް ކުރުމުގެ ޖާގަ އޮތުމުން ކަންކަން ކުރިއަރައިގެން ގޮސްފައިވާ މިންވަރު ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ ޓެކްނޮލޮޖީއަކީ އެފަދަ ނުރައްކާތެރި އެއްޗަކަށް ވެގޮސްފައިވާކަމަށާއި ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު ފެނިގެންދަނީ ކަނޑި ބަޑި ފަދަ ތަކެތި ހިފައިގެން ގައުމުތަކަށް އަރާ ލޫޓުވަމުންދާ މަންޒަރު ނޫންކަމަށާއި ފެނިގެންދަނީ ޒަމާނީ ވަސީލަތްތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ މަންޒަރުކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އަރައިގަންނަމުންދާ ކުށްތަކުގެ ތެރޭގައި ޓެރަރިޒަމްއާއި ވައްކަމާއި ޓެކުން ފަދަ ބޮޑެތި ޖިނާއީ ކުށްތަކަށް އަރައިގަތުމަށްޓަކައި ޒަމާނީ ވަސީލަތްތައް ބޭނުން ކުރާކަމަށް ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، ސައިބަރކްރައިމްއަކީ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި ސައިބަރ ސެކިއުރިޓީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އެހެންކަމުން މައްސަލަ ހައްލުކުރުމަށްޓަކައި ގާނޫނީގޮތުން ބާރުލިބިފައިވާ ރަނގަޅު ސިޔާސަތުތަކެއް ތަންފީޒުކުރެވިގެން ނުދާނަމަ މިހާރަށްވުރެ ދެރަ މަންޒަރުތައް ރާއްޖެއިންވެސް ފެނިގެންދިއުމުގެ ބިރު އޮތްކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދައްކަމުންދަނީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫންކަމަަށާއި ދައްކަމުންދަނީ ބޮޑެތި ޖަރީމާތަކެއް ރާއްޖޭގައިވެސް ހިނގުމުގެ ބިރު އޮތްކަމަށްވުމުން އެކަމުން ސަލާމަތް ކުރުމުގެ ވާހަކަތައް ކަމަށް ވިދާޅުވިއެވެ. މީގެ ކުރިން މިކަން ކުށެއްގެ ގޮތުގައި ކަނޑައެޅިފައި ނުވާ ނަމަވެސް ޕީއެންސީއިން ގާނޫނަށް ގެންނަ އިސްލާހުތަކާއި އެކު ކަނޑައެޅިގެންދާނެކަމަށާއި އެކަމުގެ ސަބަބުން ތަހުގީގު ކުރާ ފަރާތްތަކަށް ބޮޑެތި ލުއިތައް ލިބިގެންދާނެކަމަށްވެސް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ މި މަސައްކަތްތަކާއި އެކު އާންމުންނާއި ވިޔަފާރިތަކަށްވެސް ރައްކައުތެރިކަން ލިބިގެންދާނެކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: