ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުގުޑާ އަޒުމަކާއެކު ދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްފިނަމަ ލިބޭނީ ހަގީގީ ކާމިޔާބީ: ރައީސް

ޤައުމު ސަލާތްމަތްކުރުމުގެ ވިސްނުން އުފެދެނީ އާއިލާތުކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ނުގުޑާ އަޒުމަކާ އެކު މާތްވެގެން އިސްލާމް ދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްފިނަމަ ހަގީގީ ކާމިޔާބީއަށް ވާސިލުވެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕްގެ ލިޔުން ހަވާލު ކުރުމަށް މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެކިއެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ ކާމިޔާބީ ހާސިލުވަނީ ވަރަށް ބުރަ މަސައްކަތުން ކަމަށާ އެއީ ވަރަށް ބޮޑެތި ގުރުބާނީތަކެއް ވުމަށްފަހު ގިނަ ޗެލެންޖުތަކަކާ ކުރިމަތި ލުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިރިއުޅުން ފެށޭ ހިސާބަކީ މިއީ ކަމަށެވެ. އަދި ދަރިވަރުންގެ ދިރިއުޅެން ފެށޭ ހިސާބަކީ މިއީކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެކަމާ ދަރިވަރުން ކުރިމަތިލަނީ ވަރަށް މުހިއްމު މަރުހަލާއެއް ކަޑައްތު ކުރުމަށްފަހުގައި ކަމަށެވެ. ނިމިގެން އެ ދިޔައީ އަދި ކުރިޔަށް އޮތް ތަނަށްވުރެ ކުރިއަށް އޮތް ތަނާ އަޅާ ބަލާއިރުގަ އެހާ ބުރަ ދުވަސްތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތި ނިމިގެން ދިޔަ ދުވަސްތަކުގަ ހަޔާތުގަ ކިޔެވުމުގަ ތި ހޭދަކުރި ދުވަސްތަކުގަ ތި ހޯދި ކާމިޔާބީ އެކަމުން ހިތްވަރު ލިބިގަނެ ތިޔަ ދަރިވަރުންގެ ހަޔާތް ވަރަށް ކާމިޔާބާއެކީގަ ކުރިޔަށް ގެންދިޔުމުގެ ކުރިޔަށް ގެންދިޔުމަށް އެބަ އަޒުމު ކަނޑައަޅަން ޖެހޭ. އަމިއްލަށް ނަފްސަށް އިތުބާރު ކުރަން ޖެހޭ. އަމިއްލަ ނަފްސަށް އިތުބާރުކޮށް ދިރިއުޅުން ތިމަންނައަށްޓަކައި، ތިމަންނަގެ މައިންބަފައިންނަށްޓަކައި މުޖުތަމައަށްޓަކައި، ގައުމަށްޓަކައި އެންމެ ރަނގަޅު ގޮތުގަ ބައްޓަން ކުރުމުގެ އަޒުމް މިރޭ ކަނޑައަޅަން އެބަޖެހޭ. އެ އަޒުމް ކަނޑައަޅާއިރުގައި ހަނދާނަށް ގެންނަން ޖެހޭ އެންމެ މުހިއްމު އެއްކަމަކީ މާތްވެގެންވާ އިސްލާމް ދީނުގެ ފައިތަލަމަތީގައި ސާބިތުވެހުރި، ފަޚުރުވެރި މުސްލިމެއް ކަމުގައި.

އެކި ގައުމުތަކަށް މަތީ ތައުލީމު ހާސިލު ކުރުމަށް މާސްޓާސް ބެޗްލާސް، ޕީއެޗްޑީ، އެކިއެކި ލެވެލްތަކަށް ކިޔެވުމަށް ފަށާއިރު މާތްވެގެންވާ އިސްލާމްދީނުގެމަތީގަ ފައިތިލަ ސާބިތުކޮށްގެން ތިބި ކުދިންތަކެއްކަން، އެއީ ހިނދުކޮޅަކަށް ވެސް ހަނދާން ނެތިގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެކި ގައުމުތަކަށް ކިޔަވަންދާއިރު އެ ގައުމުތަކުގައި ކަންކަން ހުންނާނީ ރާއްޖޭގަ ކަންކަން ހުރި ގޮތަކަށް ނޫން ކަން ދަންނަން ޖެހޭ ކަމަށެވެ. އެކަން ވަރަށް ފަސޭހައިން ހަނދާން ނެތޭތަން އައި ނަމަވެސް އެއީ އެއްގޮތަކަށް ވެސް ވެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ތަނެއްގައި ހުރި ނަމަވެސް ފަސް ވަގުތު ނަމާދު ކުރަން ރައީސް ވަނީ ނަސޭހަތްތެރިވެފައެވެ.

ނަމާދު އެއީ އޮޕްޝަނަކަށް ވެގެން ނުވާނެ. ވަރަށް އުނދަގޫވާނެ ކިޔެވުމުގަ، މަސައްކަތުގަ އުޅޭއިރު ވަރަށް ޑިމާންޑިންގް އެކި ދާއިރާތަކުގަ ވަރަށް ގިނަ ކުދިން ކިޔަވާނެ އެހެންނަމަވެސް ތިމަންނައަކީ ފަޚުވެރި މުސްލިމެއް ކަމުގައި ހަނދާން ނެތިގެން ނުވާނެ. އެ ހަނދާން އަބަދުވެސް ހުންނަން ޖެހޭނެ. އެ ވާޖިބު އަބަދުވެސް އަދާކުރަން ޖެހޭނެ. އެ ބިންގާ ވަރުގަދައަށް ގާއިމްކުރެވިއްޖެނަމަ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް.

އެމަނިކުފާނު ވިދާޅުވީ މައިންބަފައިނާ ބެލެނިވެރިން ދަރިން ކާމީޔާބު ބަޔަކަށް ހެދުމަށްވާ ގުރުބާނީ މަތިން ހަނދާންކުރަން ޖެހޭކަމަށެވެ. އެ ބެލެނިވެރިން އެ ވީ ގުރުބާނީއަކީ އެއްގޮތަކަށް ވެސް ކުޑަކުޑަ ކަމަކަށް ހަދައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަބަދުވެސް އޭގެ މަތިން ހަނދާންކޮށް، އަބަދުވެސް އަޚުލާގު ރަނގަޅު، އަޚުލާގުގެ ރިވެތި ސިފަތަކުން ޖަރީވެފަވާ ބަޔަކަށް ވާން އަބަދުވެސް އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ރައީސް ވަނީ ނަސޭހަތްތެރިވެފައެވެ.

އެކަންކަން ކުރާނަމަ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ މަތީ ތައުލީމު ހާސިލުކުރަނީ ދިރިއުޅުމެއް ފަށާ، އާމްދަނީ ހޯދަން ރަނގަޅު ދާއިރާއަކުން މަސައްކަތް ކުރުމުގެ ފުރުސަތު ހޯދުމަށްޓަކައި ކަމަށެވެ. އެހެން ނަމަވެސް އެކަން ހާސިލުވާނީ މިއަދާ ހަމައަށް ވެސް މަސައްކަތް ކުރި ގޮތުގަ މަސައްކަތް ކުރަން އަޒުމުކަނޑައަޅައިގެން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވެ ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: