ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ސައުދީއަކީ މުހިންމު ހިއްސާއެއް އަދާކުރާ ގައުމެއް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ސައުދީ އަރަބިއްޔާއަކީ މުހިންމު ހިއްސާއެއް އަދާކުރާ ގައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވާހާ ގުޅުވައިގެން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ، ރާއްޖެއާއި ސައުދީއާ ދެމެދު އޮތީ އެތަށް ސަތޭކަ އަހަރުވީ ގުޅުމެއް ކަމަށާއި އެއީ ދެ ގައުމުގެ އިސްލާމީ ވަހުދަތާ ގުޅިލާމެހިފަވާ ގުޅުމެއް ކަމަށެވެ. އަދި ސައުދީން ރާއްޖެއަށް ވެދެމުންދާ އެންމެހާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހާއްސަކޮށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ސައުދީން ވެދެއްވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އަދި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިވެ ފުރިހަމަވަމުންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި ޝާހީ އާއިލާ އަދި އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ސައުދީ އަރަބިއްޔާއަށް ހަމަޖެހުމާއި ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: