ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށް ނުކޮށް ގިނަ ބަޔަކަށް އުޅެވޭނެ ގޮތަށް އިންތިޒާމުތައް ރާވަންޖެހޭ: އަނާރާ

ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށް ނުކޮށް ގިނަ ބަޔަކު އުޅޭނެ އިންތިޒާމުތައް ރާވަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކ. ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު އަނާރާ ވިދާޅުވީ، މީހަކު ހައްޔަރުކުރުމަށްފަހު އެތައް އަހަރެއް ބޭއްވުމަށްފަހު ކުށް ސާބިތުނުވާކަމަށް ނިންމައި ދޫކޮށްލުމަކީ ވެވޭ ވަރަށް ބޮޑު ބޭއިންސާފެއްކަމަށާއި އެހެންކަމުން ޝަރުއީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އަދުލު އިންސާފުގެ ދާއިރާގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދޭނެކަން ޔަގީންކުރައްވާކަމަށާއި ހަމަ އެފަދައިން މުޖުތަމައުގައި ކުށްކުރުން މަދުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުށަށް އަރައިގަތުމުގެ ކުރިން އެ ކުށް ނުކޮށް ގިނަ ބަޔަކު އުޅޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން ޖެހިފައިވާކަމަށެވެ. އެގޮތުން ރަނގަޅު އަހުލާގާއި މަސްއޫލިއްޔަތާއި ޒިންމާނެގުން ފަދަ ކަންކަން ކުޑައިރުން ފެށިގެންވެސް ތައުލީމީ ސިލަބަސްގެ ތެރޭގައި ހިމަނައިގެން ބުނެދޭންޖެހާކަމަށާއި އަމިއްލަވަންތަ ޒިންމާދާރު ފަރުދުންތަކެއް ބިނާކުރުމަށް މިހާރަށްވުރެވެސް ބޮޑަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށްވެސް ހިއްސާކުރެއްވިއެވެ.

އަނާރާ ވިދާޅުވީ، މިހާރުވެސް ވަރަށް ރަނގަޅު މާއްދާތަކެއް އެބަ ކިޔަވައިދޭކަމަށެވެ. އެހެންނަމަވެސް އިތުރަށް ކަންކަން ހަރުދަނާ ކުރަންޖެހޭކަމަށާއި ރަނގަޅު އުސޫލުތައް ހަރުލެއްވުމަށާއި ރަނގަޅު އުސޫލުތަކެއްގެ މަތީގައި ތިބޭ ފަރުދުންތަކެއްގެ ގޮތުގައި ޒުވާން ޖީލުތައް ބައްޓަންކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުށް ކުރުން މަދުކުރުމަށްޓަކައި އިސްވެ ދެންނެވި ކަންކަން ތަންފީޒުވެގެންދިއުން މުހިންމުކަމަށެވެ.

އޭނާ ވިދާޅުވީ، ކިރިޔާވެސް މީހަކު ދޫކޮށްލާފައި ބެހެއްޓޭނަމަ ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި އެގޮތުގެ މަތިން އަމަލުކުރުން ވެސް މުހިންމުކަމަށް ދެކިވަޑައިގަންނަވާކަމަށާއި ބަންދުގައި ބެހެއްޓުމުން ދައުލަތަށް ބުރައަކަށްވެގެންދާކަމަށް ވިދާޅުވިއެވެ. އަދި ބަންދުކުރުމުން ބައެއް ހާލަތްތަކުގައި އެހެނިހެން ޒާތުގެ ކުށްތަކަށް އަރައިގަނެފައިވާ މީހުންނާއި ބައްދަލުވެ ކުޑަ ކުށެއްގެ މައްސަލައިގައި ޖަލަށް ދާ މީހާވެސް އެފަދަ ކުށްތަކަށް އަރައިގަންނަ ފަހަރުތައް ފާހަގަކުރެވޭކަމަށްވެސް އަލިއެޅުއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: