ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުފާ ދިނީ ކުރާ މަސައްކަތާ އެކަށީގެންނުވާ ބޮޑު މުސާރައެއް ދޭތީ: މާނިއު

ކުރީގެ ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރުކަމުން އިސްތިއުފާދެއްވީ ކުރާ މަސައްކަތާ އެކަށީގެން ނުވާ ބޮޑު މުސާރައެއް ދޭތީ ކަމަށް ޔޫސުފް މާނިއު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީ އާ ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ވަކިކޮށް، ހޯމް މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރެއްގެ މަގާމަށް ހޯމަ ދުވަހު ބަދަލުކުރި މާނިއު ވިދާޅުވީ އޭނާގެ އިސްތިއުފާ ގަބޫލު ކުރިކަމުގެ ލިޔުން އަދި ނުލިބޭ ކަމަށެވެ. މާނިއު ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވާފައިވަނީ އިއްޔެއެވެ.

މާނިއު ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށް ކަސްޓަމްސްގެ ކޮމިޝަނަރުކަމަށް ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ފާތިމަތު ދިޔާނާ އައްޔަންކޮށްފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުގައެވެ. އެއަށްފަހު ދެ ދުވަސް ވެސް ނުވަނީސް މާނިއު މަގާމުން އިސްތިއުފާދެއްވީ ކުރާ މަސައްކަތާ ނުބައްދަލު ބޮޑު މުސާރައެއް ލިބޭތީ އެ މުސާރަ ހަލާލު ނުވާނެތީ ކަމަށް މާނިއު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރުން އައްޔަން ކުރުމާއި މަގާމުން ވަކި ކުރުމުގެ ކަންކަން ކުރަނީ ރައީސް އޮފީހުންނެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: