ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު ރިފޯމް މަސައްކަތެއް ކުރެވުނީ ރައީސްގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން: މިފްކޯ

މިފްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ރިފޯމް މަސައްކަތެއް މިއަދާ ހަމައަށް އައިއިރު، މިފްކޯއަށް ކުރެވުމުގެ ޖާގަ ތަނަވަސްވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ ހަމަމަގަށް އަޅުވަން ފެށި ކުންފުނީގެ ގޮތުގައި އެމަނިކުފާނު މިފްކޯގެ ނަން މިނިވަންދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވުމަކީ، އެ ކުންފުންޏަށް ލިބުނު ވަަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި އެކަމަށްޓަކައި ކުންފުނީގެ ބޯޑާއި، މެނޭޖުމެންޓުގެ އިތުރުން، މުވައްޒަފުންގެ ފަރާތުން ރައީސް މުއިއްޒުއަށް ޝުކުރުދަންނަވާ ކަމަށެވެ.

މިފްކޯއިން ބުނީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމާއި، އިސްރާފު ކުޑަކުރުމަށް ރައީސް މުއިއްޒު ދެއްވާ އަހައްމިޔަތުކަން އެ ކުންފުނިން އުފަލާއެކު ފާހަގަކުރާ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ތެރޭގައި މަސައްކަތްކުރާ އެއްވެސް ފަރާތަކާ ގުޅުމެއް ނެތް، އެހެން ނަމަވެސް ދުނިޔޭގެ ފެންވަރުގެ ކުންފުނިތައް ހިންގަވާފައިހުރި، ކަމުގެ ތަޖުރިބާކާރު ބޭފުޅަކާ މިފްކޯގެ ހިންގެވުން ހަވާލުކުރައްވަން ރައީސް މުއިއްޒު ނިންމެވުމަކީ، މި ކުންފުނިން ދެކޭގޮތުގައި ވަރަށް ހިތްވަރުފުޅުގަދަ ނިންމެވެއް ކަމުގައި އެ ކުންފުނިން ބުންޏެވެ.

އެއީ ސިނާއަތުގެ ތެރޭގައި ހުރި ނޭދެވޭ ކަންކަން ހުއްޓުމަކަށް ގެނައުމަށް އެމަނިކުފާނު ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށާ ކުންފުނި ހަމަ މަގަށް އެޅުވުމަށްޓަކައި މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު، ކުންފުނި އެފިޝިންޓްކޮށް ހިންގުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް މިފްކޯއިން ބުންޏެވެ. 

މިފްކޯއިން ބުނީ އެހެން ކަމުން ސަރުކާރުން ފެއްޓި އިސްލާހީ މަސައްކަތުގެ ތެރެއިން ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: