ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާ ކައުންސިލްގެ ހިންގާ ކޮމިޓީން ބަންޑާރަނައިބު އުނިކުރުމަށް ހުށަހެޅި ބިލު ކޮމިޓީއަށް

ބަންޑާރަ ނައިބު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ވަކީލުން ރެގިއުލޭޓު ކުރާ ބާކައުންސިލްގެ ހިންގާ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަނައިބު އިންނަވާ ގޮތަށް ގާނޫނީފަންނުގެ ގާނޫނުގައި އޮތް މާއްދާ އުނި ކުރުމަށް އެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފެވެ. ބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބުނެފައި ވަނީ ބަންޑާރަ ނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއްކަމުގައި ބަޔާން ކުރާ މާއްދާ ބަދަލުކޮށް ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމިޓި އެކުލެވިގެން ވާނީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިހާބު ކުރާ ރައީސަކާއި، ނައިބު ރައީސެއް އަދި މެމްބަރުންގެ މައްޗަށްކަމަށް ހަމަޖެއްސުމެވެ.

މި ބިލު މަޖިލީހުން މިއަދު ބަލައިގަނެ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލުގައި ވަނީ އިސްލާހު ގެނައުމުގެ ބޭނުމަކީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޡީމުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުންކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާއި އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ 6 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ މާއްދާގައި ބުނާ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރަންވާނީ 6 ގާނޫނީ ވަކީލުންކަމަށް ބުނާ އަދަދު 7 އަށް ބަދަލު ކުރުން ހިމެނެއެވެ.

މީގެއިތުރުން ރަސްމީ އިދާރާތަކުންނާއި، ރަޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެ ތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ވަނީ ބިލުގައި ހިމަނާފައެވެ. އަދި ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި، ރައްޔިތުންނަށް ބައެއް ބާވަތުގެ ލިޔެކިއުންތަކުގައި ޑިޕްލޮޕެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަ ކުރުމަށްޓަކައި އިސްލާހު ގެނައުން ވެސް ބިލުގައި ހިމެނެއެވެ.

ބާ ކައުންސިލްގެ މަގުސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކުރުމާއި ގާނޫނީ ވަކީލުކަން ކުރުުމުގެ ހުއްދަ ދީ، ވަކީލުންގެ މަސައްކަތްތަކާ ގުޅޭ ފަންނީ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމާއި ޤާނޫނީ ވަކީލުންގެ ހިދުމަތުގެ އުސޫލުތައް ކަނޑައެޅުމާއި ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިޔަށްދާކަން ކަށަވަރުކުރުމެވެ.

ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް އިންތިޚާބުކުރެވޭ މެމްބަރުންގެ ދައުރަކީ ތިން އަހަރެވެ. އެ ކޮމެޓީގެ ރައީސްކަމަށް އިންތިޚާބުކުރާ މީހަކަށް 1 ދައުރަށްވުރެ ގިނަ ދައުރަށް އެ މަގާމެއް ނުފުރޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: