ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ލިޔެކިއުމެއް ނެތި 161 މިލިއަން އާރްޑީސީން ޓްރާންސްފާ ކޮށްފައި އެބަހުރި: އާރްޑީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖްމަންޓުން އެއްވެސް ލިޔެކިޔުމެއް ނެތި 161 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރު ވިދާޅުވީ އެ ކުންފުނިން 2022 ވަނަ އަހަރު 66 މިލިއަން ރުފިޔާ އާއި 2023 ވަނަ އަހަރު 95 މިލިއަން ރުފިޔާ އެއްވެސް ލިޔެކިޔުމެއް ނެތި އެކި ފަރާތްތަކަށް ފޮނުވާފައިވާ ކަމަށެވެ.

އެ ފައިސާ ފޮނުވާފައި ހުރީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޓްރާންސްފާ ކޮށްގެން ކަމަށާއި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ކުންފުނީގައި ނުވަތަ އިންވޮއިސްއެއް ކުންފުނީގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު މިފަދަ ކަންކަން ކުރުމަށް އޭރު ހުންނެވި ސީއެފްއޯއަށް އިތުރު މީހެއްގެ އެޕްރޫވަލް އާއި ނުލާ ޓްރާންސްފާ ކުރުމަށް ހުއްދައެއް ދީފައިވާ ކަމަށް ޑިއެމްޑީ ވިދާޅުވިއެވެ.

ޑީއެމްޑީ ވިދާޅުވީ ފޮނުވާފައިވާ ފައިސާއަކީ ކޮންކަމަކަށް ތޯ ނުވަތަ ކޮންމުދަލަކަށްތޯ ބޭންކް ސްލިޕްގެ ރިމާކްސްއިން ވެސް ފެންނާން ނެތް ކަމަށާއި އެހެންކަމުން މި މައްސަލަ މިހާރު ބަލަމުން ގެންދަވާ ކަމަށެވެ.

”ސްޕެޝިއަލް އޮޑިޓެއް 2023 ވަނަ އަހަރު އަޅުގަނޑުމެން ވާނީ ހަވާލުކޮށްފަ. އެމަސައްކަތް މިހާރު ފެށިގެން ކުރިއަށް އެދަނީ. މުވައްޒަފުންނަށް އެޅިފިޔަވަޅު ތަކާއި ގުޅޭގޮތުން އަޅުގަނޑު ބުނެލަން އޮތީ އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވޭނެ ޖޫނިއަރ މުވައްޒަފުން ވިޔަސް އަދި އެހެން މުވައްޒަފުން ވިޔަސް. އެ ހުރިހާ މުވައްޒަފުން މިހާރު ވާނީ އެ ޑިޕާޓްމެންޓުން ބަދަލު ކުރެވިފަ“

އެ މައްސަލަ މިހާރު ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަމުން އަންނަ އިރު އޮޑިޓް އޮފީހުން އެ ކުންފުނީގެ ހާއްސަ އޮޑިޓުތަކެއް ހަދަމުންދާ ކަމަށް އަސްބާހު ވިދާޅުވިއެވެ. އަދި މިމައްސަލައިގައި ތުހުމަތު ކުރެވޭ ކުންފުނީގެ މުއައްޒަފުން ބަދަލުކޮށްފައިވާ ކަމަށާއި އެ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް ޑީއެމްޑީ ވިދާޅުވިއެވެ.

މީގެއިތުރުން ޑީއެމްޑީ ވިދާޅުވީ ހަރަދު ކުރުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި ފައިސާ އެކި ފަރާތްތަކަށް ދޫކުރުމާއި ޓްރާންސްފާ ކުރުމުގެ އުސޫލު ހަރުދަނާ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެމްޑީ ނުވަތަ ޑީއެމްޑީ އަދި ފައިނޭންޝިއަލް ކަންކަމުގެ ސީއެފްއޯ ގެ ހުއްދަ ނެތި ޓްރާންސެކްޝަންތައް ނުހެދޭނެ ކަމަށް ޑީއެމްޑީ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: