ދައުލަތުގެ ހަރަދު ކުޑަ ކުރާ ނަމަ މަދުކުރަން ޖެހެވަޑައިގަންނަވަނީ ކައުންސިލްތަކުގެ އަދަދު ނޫން ކަމަށް މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ”ހަވަރު ބެރު“ ނަމުގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ޝަމާއު ވިދާޅުވީ ސަރުކާރުން ކުރަންޖެހޭ ރަސްމީ ދަތުރުތައް ވެސް ހުންނާނެ ކަމަށާއި އެހެންނަމަވެސް އެކަމަށް ބޭކަރު ހަރަދު ކުރުމަކީ އެއީ އުސޫލެއް ނޫން ކަމަށެވެ. ޝަމާއު ވިދާޅުވީ ބޭކާރު ހަރަދުތައް އިތުރުވެފައިވާ ކަމަށާއި އަދި ވިދާޅުވީ އެކަމުގެ ސަބަބުން ހަރަދުތައް އިތުރުވުމުން ކައުންސިލްތަކުގެ އަދަދު ގިނަ ކަމަށް ވިދާޅުވީ ނަމަވެސް އެދަދު ގިނަ ނޫން ކަމަށެވެ.
މީގެއިތުރުން ޕާޓީގެ ނައިބު ރައީސް ހިސާން ހުސެއިން ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރާން ނޫން ކަމަށާއި ކައުންސިލްތައް ސައިޒު ކުރަން ކަމަށެވެ. ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ އިތުރުން ދައުލަތުގެ ތެރެއިން ހިނގާ ގޯސްތައް ބެލުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާތަކުގެ އަދަދު މަދުކުރުމާއި މުއައްސަސާތަކުގައި ތިބޭ މެންބަރުންގެ އަދަދު މަދުކުރުމުގެ ވިސްނުން ގެންގުޅެނީ ވެސް އެ ބޭނުމުގައި ކަމަށް ހިސާން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ވިސްނުމަކީ ސަރުކާރުން އައްޔަނު ކުރާ މަގާމުތައް އިތުރުކޮށް އިންތިހާބީ މަގާމުތައް މަދުކުރަން ކަމަށެވެ. އޭގެ ބޭނުމަކީ ބާރުތައް މުށުތެރެއަށް ލުންކަމަށް ނިޔާޒް ވިދާޅުވި އެވެ.
”ލޯކަލް ގަވަރުމަންޓް އޮތޯރިޓީން އެބަ ޕުޝްކުރޭ ސަރުކާރުގެ ސިޔާސީ މުވައްޒަފުން ގެންގުޅޭން އެއްބަސްވުމެއް ހަދަން ވެސް. ކައުންސިލަރުންގެ ބަދަލުގައި މި މީހުން ބައިތިއްބަން އެ އުޅެނީ އެ މީހުން ކައުންސިލަރަކަށް ލިބޭ މުސާރައަށް ވުރެ މުސާރަ ވެސް ބޮޑު ވާނެ“
ސިޔާސީ މުވައްޒަފުން ގިނަވެގެން ގޮސް މާލޭގައި ހުރި މިނިސްޓްރީތަކުގެ އޮފީސްތަކުގައި ޖާގަ ނެތުމުން ރަށްރަށުގެ އޮފީސްތަކުގައި މަސައްކަތް ކުރާނެ ޖާގަ ހޯދުމުގެ މަސައްކަތެއްގެ ގޮތުގައި ވެސް އެ މަސައްކަތް ނިޔާޒު ފާހަގަ ކުރެއްވިއެވެ.

