ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމަށް ހާއްސަކޮށް އިންޓްރެސްޓް ރޭޓް ކުޑަ ލޯނު ތައާރަފު ކުރަނީ!

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފައިނޭންސިން ޕްރޮޑަކްޓްތަކެއް ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިފަދައިން ވިދާާޅުވީ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި، އެމްއެމްޕީއާރުސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ ވީހާވެސް ގިނަ ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓް ކުރަން ފެށުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.

ގެސްޓް ހައުސްތަކާއި ހޮޓެލްތައް އެޅުމަށް އެކަށޭނެ، ރަނގަޅު އިންޓްރެސްޓް ރޭޓުތަކެއްގެ ލޯނުތަކެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފައިސަލް ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި މި ލޯނުތައް ތައާރަފު ކުރެވޭނެކަމަށް ވިދާޅުވިއެވެ. މިއާއިއެކު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގެސްޓް ހައުސް އާއި ރިސޯޓުތައް އިތުރުވާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

އައްޑޫގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިރެކްޓު ފްލައިޓު ޖައްސައި މަންޒަރު ދެކެން ބޭނުންވާކަމަށް ފާހަގަކޮށް ފައިސަލް ވިދާޅުވީ، އެ ތަނުގައި ހުރި އެނދުތައް ފުރޭނެ ގޮތަކަށް ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ބައްޓަން ވެގެން ދިއުމަކީ އުއްމީދުކަމަށެވެ.

މިހާރު ފަތުރުވެރިކަން އޮތް ހާލަތުން ރަނގަޅުކުރުމަށްޓަކައި، ކޮންމެ އަތޮޅެއްގައި 6،000 އެނދު ހުންނަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކަށް ފަތުރުވެރިކަމުގެ ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ފައިސަލް ވަނީ ހާމަ ކުރައްވާފައެވެ. މިފަދަ ޕްލޭންއަކާއިއެކު ންމެ އަތޮޅެއްގައި ހިންގާނެ ރިސޯޓުތަކުގެ އަދަދާއި ގެސްޓް ހައުސްތަކުގެ އަދަދުތައް ވެސް ކަނޑައަޅައި، އެ ކަންކަން ހާސިލު ކުރަން މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އިންޑިއާ އާއި ޗައިނާއިން އަހަރަކު މިލިއަނެއްހާ ފަތުރުވެރިން ގެނައުންކަމަށެވެ. މިކަން ހާސިލްކުރުމަށްޓަކައި މިހާރުން ފެށިގެން މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ. މީގެ ތެރެއިން އިންޑިއާއާއި އޮތް ގުޅުން ރަނގަޅު ކުރެވިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އިންޑިއާ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ 3 ގައި އޮންނާނެކަމަށް އުއްމީދު ކުރެވޭކަމަށް ވިދާޅުވިއެވެ.

އަޅުގަނޑަށް ގަބޫލު ކުރެވެނީ ކުރިއަށް އޮތްތަނުގައި، ކުރިއަށް މި ފެށޭ ހަފްތާ ތެރޭގައި އަދި އިތުރަށް އިންޑިއާއި އޮތް ގުޅުންދަނީ ރަނގަޅުވަމުން. އޭގެ އެދެވޭ ނަތީޖާއަކަށް ވެގެންދާނީ އިންޑިއާގެ މާކެޓްގެ ފަތުރުވެރިން އިތުރުވެގެން ދިޔުން.

ފައިސަލް ވިދާޅުވިއެވެ.

ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ބަޖެޓު 20 މިލިއަން ރުފިޔާއަށް އިތުރުކުރާނެކަމަށާއި، އަދި މިހާރަށް ވުރެ ފުޅާދާއިރާއެއްގައި އެ މަސައްކަތް ކުރަން ފަށާނެކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: