ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިވިންގ އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް އިން ލިބެން ހުރި ފައިނޭންސިންގ ފުރުސަތުތަކުގެ މައުލޫމާތު ލިބިގެންދާނެ: ބީއެމްއެލް

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް އިން ލިބެން ހުރި ފައިނޭންސިންގ ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާރޗޭސް ފައިނޭންސިންގ ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސްކޮށްދެމުންނެވެ. އަދި މިވަގުތު މާކެޓްގައި އެންމެ ދިގުމުއްދަތަކަށް (25 އަހަރު) ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެއެވެ.

އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިން އާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ބީއެމްއެލް އިސްލާމިކް ގެ ފައިނޭންސިންގ ޕްރޮޑަކްޓްތައް ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އަހަރުގެ މެއި މަހު ބީއެމްއެލް އިސްލާމިކް އިން ވަނީ ރާއްޖޭގެ ފުރަތަމަ ޝަރުޢީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑުވެސް ތައާރަފްކޮށްފައެވެ.

ލިވިން އެކްސްޕޯ ކުރިޔަށްދާނީ މި މިރޭ 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: