ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 އަހަރު ކުރިން، ދިވެހިން ތެދުވީ އަނިޔާވެރި ވެރިކަމަކާ ދެކޮޅަށެވެ: ފައްޔާޒް

އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ 20 އަހަރު ކުރިރުން ދިވެހިން ތެދުވީ އަނިޔާވެރި ވެރިކަމަކާ ދެކޮޅަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޒުވާނުްގެ ދުވަހުގެ މުނާސަބަތުގައި ފައްޔާޒް ”އެކްސް“ ގައި އާންމު ކުރެއްވި ލިޔުމެއްގައި ފައްޔާޒް ވަނީ އޮގަސްޓް 12-13 ގައި ހިނގި ތާރީޚީ މުޒާހަރާގެ ހަނދާން އައު ކުރައްވާފައެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި  20 އަހަރު ކުރިން، ދިވެހިން ތެދުވީ އަނިޔާވެރި ވެރިކަމަކާ ދެކޮޅަށެވެ. އޭރުގެ ޒުވާނުން ގޮވާލީ ސިޔާސީ އަނިޔާއާއި ބިރުވެރިކަމުން މިނިވަންވާން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިއަދުވެސް، ފަހަކަށްއައިސް ހޯދާފައިވާ ޑިމޮކްރެޓިކް ކުރިއެރުންތަކާމެދު ޔަޤީންކަން ނެތް ދަނޑިވަޅެއްގައި، ޒުވާނުން ވާންޖެހެނީ ހޫނު ލޭއާއި ދަގަނޑުން ހޯދާފައިވާ ކުރިއެރުންތައް ދިފާޢުކޮށް ރައްކާތެރިކުރުމުގެ އިސްސަފުގައި ތިބޭ ބަޔަކަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ތަރައްޤީގައި މިއަދުގެ ޒުވާނުންގެ ހިއްސާ އިތުރު ކުރަން ޖެހޭ ކަމަށާއި ޤައުމު ބައްޓަންކޮށް، އެންމެންނަށް ފާގަތި މުސްތަޤުބަލެއް ކަށަވަރުކޮށްދޭން ދިނުމުގައި ޒުވާނުން ތެދުވެތިބެން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: