ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޔާދަކުރަނިވި ހަކަތަށް ބަދަލުކުރުމުގައި ފެނަކަ ކުންފުނި މުހިންމު: ޝިމާދް

އެސްޓީއޯގެ އެމްޑީ ޝިމާދް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައަކީ ރިނިއުއަބަލް ހަކަތައަށް ބަދަލުކުރުމުގައި އެސްޓީއޯއަށް މުހިންމު ސްޓްރެޓީޖިކް އެސެޓެއްކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ކުންފުނި ހެދުމަށްޓަކައި ކުރަމުންދާ މަސަައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ އެމްޑީ ޝިމާދްވަނީ އެ ކުންފުނީގެ މިސްރާބާއިމެދުވެސް މައުލޫމާތު ދެއްވާފައެވެ.

ޝިމާދް ވިދާޅުވީ، އެސްޓީއޯގެ މައިގަނޑު ވިޔަފާރިއަކީ ތެޔޮ އެތެރެކޮށްގެން ވިއްކުންކަމަށެވެ. އަދި ފެނަކަ ކުންފުނިން އެންމެ ބޮޑު ހޭދައެއް ކުރަމުންދަނީ އެސްޓީއޯއިން އެތެރެކުރާ ތެޔޮ ގަތުމަށްކަމަށްވުމުން ދެ ކުންފުނި އެއްވުމުން ވަކި ވަކިން ކުރާ މަސައްކަތްތަކަށްވުރެ މަންފާވަނިވި މަސައްކަތްތަކެއް ކުރުމަށް ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެސްޓީއޯގެ ކުރިމަގަށް ބަލާއިރު ޕްލޭނަކީ ޑީސަލް އަދި ކާބަން އެމިޝަން އިތުރުވެގެންދާނެ ތެލުގެ ބާވަތްތައް މަޑުމަޑުން މަދުކުރަމުންގޮސް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުންކަމަށެވެ. އަދި އެކަމުގައި އެސްޓީއޯއަށް ފެނަކަ ކުންފުނި މުހިންމު ސްޓްރެޓީޖިކް އެސެޓަކަށް ވެގެންދާކަމަށް ޝިމާދް މައުލޫމާތު ދެއްވިއެވެ.

އޭނާ ވިދާޅުވީ، މިކަމުގެ ސަބަބުން ފެނަކައަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ގަބޫލުކުރެއްވޭކަމަށެވެ. އެހެންކަމުން މުަސްތަގުބަލުގައި ކަރަންޓު އުފެއްދުމަށް ދާ އުނިޓު ކޮސްޓު ކުޑަވެގެންދިއުމުގެ މަންފާވެސް ހާސިލުކުރެވޭނެކަމަށާއި އެސްޓީއޯއިން ސަރުކާރަށް އެ ޕްރޮޕޯސަލް ހުށައެޅީ އިސްވެ ދެންނެވި ސަބަބުތަކާއި ގުޅިގެންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: