ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ފަތުރުވެރިކަމަށް އިންވެސްޓުކުރާ ފަރާތްތަކަށް އެހީތެރިވުމުގައި ސަރުކާރު ދެމިއޮންނާނެ: ފައިސަލް

ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފަތުރުވެރިކަމަށް އިންވެސްޓުކުރާ ފަރާތްތަކަށް އެހީތެރިވުމުގައި ސަރުކާރު ދެމިއޮންނާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިފަދައިން ވިދާޅުވީ އޭޝިޔާ ޕެސިފިކް ހޮޓެލް އިންޑަސްޓްރީ ކޮންފެރެންސް އެންޑް އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖެއަކީ ތަބީއީ ރީތިކަމާއި ސަގާފީ ތަރިކައިގެ މުއްސަނދިކަމަށް މަޝްހޫރު ގައުމެއްކަމަށް ފާހަގަކޮށް ފައިސަލް ވިދާޅުވީ ރާއްޖެއަށް އަބަދުވެސް ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުހިއްމު އަގުހުރި ފުރުސަތުތަކެއް އޮންނަކަމަށެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ވިލުންތެރިކަން ތަކުރާރުކޮށް ފެންނަމުންދާކަމަށެވެ. ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް ގެނެވޭ އިސްލާހުތަކާއިއެކު ތަރައްގީގެ އައު ދޮރުތައް ހުޅުވޭނެކަމަށާއި، އިންވެސްޓަރުން ބާރުވެރިކުރެވި އެންމެން ދެކޭ ތަސައްވުރު ހާސިލުކުރުމަށް ބޭނުންވާ އިތުބާރާއި ވިލުންތެރިކަން އިތުރަށް ގާއިމްވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ވަރުގަދަކަން ރާއްޖޭގައި އިންވެސްޓުކުރުމުން އެންމެ ބޮޑަށް މަންފާވާނެ އެއް ސަބަބުކަމަށެވެ. ރާއްޖެ އަބަދުވެސް އޮންނާނީ އިންޑިއާ ކަނޑުގައި އެންމެ ވަރުގަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ކުރިމަގުގެ ތަސައްވުރުގެ އެންމެ މުހިއްމު އެއް ކަމަކީ ދެމެހެއްޓެނެވިކަންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދެމެހެއްޓެނެވި އުސޫލުތަކަށް ސަރުކާރުން ބާރުއަޅައި ހިތްވަރުދޭނެކަމަށެވެ. ސަރުކާރުން ދެމެހެއްޓެނެވި ތަރައްގީއަށް ދޭ އިސްކަމުގެ ސަބަބުން ޒިންމާދާރުކަމާއެކު ރާއްޖޭގެ ތަބީއީ ރީތިކަމާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރެވި ތަރައްގީކުރެވޭނެކަން ކަށަވަރުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިންވެސްޓަރުންނަށް ހިމާޔަތްކުރުމަށް ހަރުދަނާ ގާނޫނީ އޮނިގަނޑުތަކެއް އެކުލަވައިލާފައިވާކަމަށާއި، ކެޕިޓަލް ކޮންޓުރޯލުތަކެއް ނެތުމާއި ރާއްޖެއިން ލިބޭ އާމްދަނީ ބޭރަށް ގެންދިއުމުގައި ހުރި ފަސޭހަތަކަކީ ރާއްޖޭގައި ވިޔަފާރިކުރުމަށް ފަސޭހަކޮށްދޭ ސަބަބުތައްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: