ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ ސީއީއޯކަމުން ކާލް އިސްތިއުފާ ދެއްވައިފި

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ކުރީގެ ސީއީއޯ ކާލް ސްޓުމްކަ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ކާލް ސްޓުމްކަ އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ސީއީއޯގެ މަގާމުން ކާލް އިސްތިއުފާ ދެއްވައި އެކަން ބީއެމްއެލްގެ ބޯޑަށް ސިޓީ ފޮނުވާފައި ވަނީ އިއްޔެ އެވެ.

ބީއެމްއެލް މިއަދު ބުނީ ސީއީއޯކަމުން ކާލް އިސްތިއުފާ ދެއްވި ނަމަވެސް، މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ހާއްސަ އާންމު ޖަލްސާ (އީޖީއެމް) ބައްދަލުވުމާއި ހަމައަށް އޭނާ މަގާމުގައި ދެމި ހުންނަވާނެ ކަމަށެވެ.

އައު ސީއީއޯއެއް އައްޔަނު ކުރަންދެން، އެ ޒިންމާތައް އަދާކުރާނީ ބީއެމްއެލް ބުނި ގޮތުގައި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ.

ނޫރައްދީން ޑެޕިއުޓީ ސީއީއޯކަމުގައި ދެމި ހުންނެވިއިރު، އޭނާ އިސްތިއުފާ ދެއްވީ ބޯޑުން އެކަންޏެވެ.

ކާލް އިސްތިއުފާ ދެއްވާފައި ވަނީ ބީއެމްއެލްއިން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު މިދިޔަ މަހުގެ 25 ގައި އުވާލި މައްސަލައިގައި އޭނާއަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުން ދެމުން އައި އިރުޝާދާއި ލަފައާއި ހިލާފު ނިންމުމަކަށް ވާތީ މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލަފައަކަށް އެ ނިންމުން ބީއެމްއެލް އެ ދުވަހުގެ ވަގުތެއްގައި އަނބުރާ ގެންދިޔައީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: