ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީއަކު އައްޔަނު ކުރުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް އަންނަ ބުދަ ދުވަހު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ގިނަ ތުހުމަތުތަކެއް ކުރުމަށް ފަހު ހުސެއިން ޝަމީމް ޕީޖީގެ މަގާމުން ވަކި ކުރުމަށް ހުށަހަޅައި، ވޯޓަށް އަހަން ތާވަލު ކުރި ޖަލްސާ ކުރިޔަށް ދަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 22 ގަ އެވެ.

ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި ބޭފުޅަކު އައްޔަނު ކުރަން ޖެހޭނެކަމަށް ގާނޫނު ބުނެ އެވެ. އަދި މި މަހުގެ 21 ވަނަ ދުވަހަށް އެ މުއްދަތު ހަމަވާއިރު، މަގާމަށް ކުރިމަތިލުމަށް ހުޅުވާފައިވާ ފުރުސަތު ހަމަވާނީ ބުދަ ދުވަހުގެ މެންދުރު 12:00 އަށެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ޕީޖީއަކު އައްޔަނު ކުރުމުގެ މަސައްކަތް ފެށިއިރު، އެ މަގާމަށް ޝައުގުވެރިކަން ހުރުމުން ކުށުގެ ރެކޯޑު ސާފުކުރިކަމަށް ބެލެވޭ ބައެއް ބޭފުޅުންގެ ނަންތައް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. އެކަމަކު މިހާތަނަށް އެއްވެސް ބޭފުޅަކު މަގާމަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: