ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާއިން އިނގިރޭސި ވިލާތަށް އިންޒާރު ދީފި!

ރަޝިއާގެ ރައީސް ވެލެޑިމިއަރ ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތުން އުފައްދާ ލޯންގް ރޭންޖު މިސައިލުތައް އެ ގައުމާއި ދެކޮޅަށް ބޭނުންކުރުމަށް ފުރުސަތު ދީފިއްޔާ ހަނގުރާމަ ފެށިގެންދާނެކަމަށް ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ފަރާތުން ބައިނަލްއަގުވާމީ ހަނގުރާމައެއް ފެށިގެންދިއުމުގެ އިންޒާރުތައް އިތުރުވަމުންދާއިރު، ބައިނަލްއަގުވާމީ މީޑިއާތަކުންވަނީ ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން އިތުރު މައްސަލައެއް ފެށިގެންދިއުމާއި ގާތަށް ގޮސްފައިވާކަން ރިޕޯޓުކޮށްފައެވެ. ރަޝިއާއަށް ހަމަލާ ދިނުމަށްޓަކައި އިނގިރޭސިން އުފައްދާ މިސައިލުތައް ޔޫކްރެއިންއަށް ދިނުމާއި ދެކޮޅަށް ޕުޓިން އިންޒާރުތައް ދެއްވާފައިވާކަމަށް ބުނެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން ޕުޓިން ކަންބޮޑުވުންތައް ފާޅުކުރައްވަމުންދަނީ އިނގިރޭސިން އުފައްދާ ”ސްޓޯމް ޝެޑޯ“ އާއި އެމެރިކާއިން އުފައްދާ ”އޭޓީއޭސީއެމްއެސް“ ދުރަށް ދަތުރުކުރާ މިސައިލުތައް ދިނުމާއި ދެކޮޅަށެވެ. އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ދަނީ އެ ހަތިޔާރުތައް ހޯދުމަށް މަސައްކަތްތައް ކުރަމުންކަމަށްވެސް ބުނެފައިވާއިރު އެ ދެ ގައުމުންވެސް ހަތިޔާރުތައް ފޯރުކޮށްދީފާނެކަމަށް ބުނެ އަޑުފެތުރިފައިވާނަމަވެސް އަމަލީ ކުރިއެރުންތަކެއް އައިސްފައިވާކަމަށް ފެނިގެން ނުދާކަމަށް ރިޕޯޓުތަކުގައިވެއެވެ.

މި މަސައްކަތްތަކުގައި ރަސްމީ ސިފައެއް ޖެހިފައިނުވާނަމަވެސް ނޭޓޯއިން މިކަމަށް ފުރުސަތު ދޭނެކަމަށް ޕުޓިންއާއި ރަޝިއާގެ ސަރުކަާރުން ދެކޭކަމަށްވުމުން ނުރައްކާތެރި ބިރުވެރި އިންޒާރުތަކެއް ދެމުންދާކަމަށް ބުނެފައިވެއެވެ. އުމުރުން 71 އަހަރުވެފައިވާ ޕުޓިން ވިދާޅުވީ، ސްޓޯމް ޝެޑޯއާއި އޭޓީއޭސީއެމްއެސް މިސައިލުތައް ބޭނުންކުރަން ފުރުސަތު ދިނުމަކީ ނޭޓޯގެ ގައުމުތަކުން ހަނގުރާމައިގައި އަމަލީގޮތުން ބައިވެރުވުންކަމަށާއި ސަބަބަކީ އެ މިސައިލުތަކުގެ ފްލައިޓް ޕާތު ޕްރޮގްރާމް ކުރުމުގެ މަސައްކަތްތައް ކުރާނީ ނޭޓޯ މުއައްޒަފުންނަށް ވުމުންކަމަށްވެސް ހާމަކުރެއްވިއެވެ.

އެހެންކަމުން ހަގީގަތުގައި ސުވާލު އުފެދިފައިވަނީ ހަމަލާ ދިނުމަށް މިސައިލުތަކުގެ ބޭނުން ހިފުމަށް ފުރުސަތު ދީފާނެކަމާއިމެދު ނޫންކަމަށާއި ސުވާލު އުފެދެނީ ނޭޓޯގެ ގައުމުތަކުން ސީދާ ގޮތަކަށް އަސްކަރީ މައްސަލައެއްގެ ތެރެއަށް ވަންނާނެ ކަމާއިމެދުކަމަށް އަލިއެޅުއްވިއެވެ. އަދި އެ ފުރުސަތު ފަހިކޮށްފި ހާލަތެއްގައި ސީދާ ނޭޓޯއިން ހަނގުރާމައިގެ ތެރެއަށް ވަދެފައިވާކަމަށް ބެލެވޭނެކަމަށާއި، އެމެރިކާ އާއި ޔޫރަޕުގެ ގައުމުތައްވެސް ހަނގުރާމައިގެ ހާލަތަށް ވެއްޓިގެންދާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިސައިލުތައް ބޭނުންކުރަން ފުރުސަތު ދިނުމަކީ އެ ގައުމުތަކުން ބައިވެރުވުންކަމަށާއި، މިކަމުގެ ސަބަބުން މިހާރު އޮތް މައްސަލައަށް މުޅިހެން އެހެން މައްސަލައަކަށް ބަދަލުވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: