ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާގެ 22500 މީހުންނަށް ދިރިއުޅުން ބަދަލުވެގެންދާފަދަ އަނިޔާތައް ލިބިފައިވޭ: ޑަބްލިއުއެޗްއޯ

އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސަރަހައްދަކަށް ބޮޑެތި ގެއްލުން ލިބިފައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގައި 22500 އަށްވުރެ ގިނަ މީހުންނަށް މުޅި ހަޔާތަށް އެކަމުގެ އަސަރުތައް ކުރާނެވަރުގެ ބޮޑެތި އަނިޔާތައް ލިބިފައިވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން، ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މީޙުންނަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ގުނަވަންތައް ނެތިގެންދިއުން، މައިބަދަށް ގެއްލުންވުމުގެ އިތުރުން ސިކުނޑިއަށް ގެއްލުން ލިބުމާއި ހަށިގަނޑުން ބައެއް ވަރަށް ބޮޑަށް އަނދާފައިވުންވެސް ހިމެނޭކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް ޖަމާއަތާއި އިސްރާއީލުގެ އަސްކަރިއްޔާ ދެމެދު ފެށިގެންދިޔަ ހަމަލާ ބަދަލުކުރުންތަކާއި މެދު މައުލޫމާތު ދެއްވަމުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޑްލިއުއެޗްއޯގެ މަންދޫބެއްކަމަށްވާ ޑރ ރިޗާޑް ޕީޕާކޯރން ވަނީ ލިބެމުންދާ ބޮޑެތި އަނިޔާތަކުގެ ސަބަބުން އެ ސަރަހައްދުގައި ރިހެބިލިޓޭޝަން ވަސީލަތްތަކުގެ ބޭނުން ޖެހިފައިވާ ވަރުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ބަލި މީޙުންނަށް ބޭނުންވާ ފަރުވާ ލިބުމުގެ ފުރުސަތު ނެތްކަމަށެވެ. އަދި ބޮޑެތި އަނިޔާތަކަށް ބޭސްކުރުމަށް ބޭނުންވާ ވަސީލަތްތައްވެސް ނެތްކަމަށާއި ވަގުތުން ވަގުތަަށް ދެމެހެއްޓިނިވި ގޮތެއްގެ މަތިން އެ ހިދުމަތްތައް ލިބޭނެ މަގުފަހިވެގެން ދިއުމުގެ ބޭނުން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ބޮޑެތި ޒަހަމްތަކަށް ބޭސްކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތްކަމަށް ރިޕޯޓުތަކުގައިވާއިރު، ފިޒިކަލް ތެރަޕީ އާއި ސައިކޮލޮޖިކަލް ސަޕޯޓުވެސް ލިބުމުގައި ދަތިތައް ހުރިކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތައް ހާސް ބަޔަކަށް އިތުރު ނުރައްކަތަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. އެގޮތުން ފަރުވާ ނުލިބުމުގެ ސަބަބުން ބައެއް ފަރާތްތައް ނިޔާވުން އެކަށީގެންވާއިރު އަނެއްބައި ފަރާތްތައް ނުކުޅެދުންވެސް އެއީ އޮތް ހަގީގަތެއްކަމަށް ރިޕޯޓުތަކުގައިވެއެވެ.

އދއިން މީގެ ކުރިން އާންމުކޮށްފައިވާގޮތުން ޣައްޒާގައި ހުރި 36 ހޮސްޕިޓަލުން މިހާރު ކޮންމެވެސް ވަރަކަށް ނަމަވެސް ހަރަކާތްތެރިވަމުންދަނީ 17 ހޮސްޕިޓަލެއްގައިކަމަށެވެ. އަދި ރައްކައުތެރިކަން ކަށަވަރުނުކުރެވުމުގެ ސަބަބުންނާއި ހަމަލާތައް ދިނުމުގެ ސަބަބުން ޕްރައިމެރީ ހެލްތްކެއަރގެ އިތުރުން ކޮމިއުނިޓީ ލެވެލް ހިދުމަތްތައްވެސް ހުއްޓުމަކަށް އަންނަކަމަށެވެ. ޣައްޒާގައި ޑަބްލިއުއެޗްއޯގެ އެއްބާރުލުމާއިއެކު ހިންގަމުންދިޔަ ޣައްޒާގައި ހުންނަ ހަމައެކަނި ލިމްބް ރިކޮންސްޓްރަކްޝަން އެންޑް ރީހެބް ސެންޓަރުވެސް ޑިސެމްބަރު 2023 އަށްފަހު ހުއްޓުމަކަށް އައިސްފައިވާކަމަށްވާއިރު ފެބްރުއަރީ 2024ގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާއެއްގައި ގެއްލުވެފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: