ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭންގު މައްސަލަތަކުގެ ސަބަބުން ހެއިޓީގެ ތައުލީމީ ނިޒާމަށް ބުރުއަރާފަ!

ހެއިޓީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެއިޓީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގެ ތައުލީމު ދިނުމުގެ ދާއިރާއަށް ބުރުއަރައި 100،000 ދަރިވަރުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށް އުނިސެފްއިން ބުނެފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ގޭންގު މައްސަލަތަކުގު ސަބަބުން ހެއިޓީގައި ތައުލީމު ލިބިގަތުމުގެ ދަތިތައްވަނީ އިންތިހާއަށް ބޮޑުވެފައެވެ. ހާއްސަ ގޮތެއްގައި އެ ގައުމުގެ ވެރިރަށުގައި ހަތިޔާރު އަޅައިގެން ހަރަކާތްތެރިވާ ގޭންގުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަމަށެވެ. އދއިން ހެއިޓީއަށް ކަނޑައަޅާފައިވާ މަންދޫބު ބްރޫނާ މައޭސް މީޑިއާތަކަށް މައުލޫމާތު ދެއްވިގޮތުން މިކަމާއި ގުޅިގެން މިހާރުވެސް 270000 އަށްވުރެ ގިނަ މީހުންވަނީ ގައުމުގެ ދެކުނަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

އެ ގައުމުގެ ދިރާސީ އައު އަހަރު ފެށުމަށް ކަނޑައެޅިފައިވާކަމަށްވުމުން އެހެނިހެން ސަރަހްދުތަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށްވަނީ ކްލާސްރޫމް ޕްލޭސްމެންޓުތައް ހޯދަން ދަތިވެފައިކަމަށާއި، މީހުން ބަދަލުވި ސަރަހައްދުތަކަށްވެސްވަނީ އެކަމުގެ ދަތިތަަކަން އިހުސާސް ކުރެވެން ފަށާފައިކަމަށް މައޭސް މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ، ކުޑަކުދިންނަށް ރައްކައުތެރިކަމާއިއެކު ތައުލީމު ހާސިލުކުރުމުގެ ހައްގު ލިބިގެންވާކަމަށެވެ. އަދި އެއީ ހެއިޓީއަށް އުޖާލާ ކުރިމަގެއް ބިނާކުރުމަށްޓަކައި މުހިންމު ކަމެއްކަމަށެވެ.

އުނިސެފްއިން މައުލޫމާތު ދީފައިވާގޮތުން ދެކުނު ސަރަަހައްދުތަކަށް 103،000 ސުކޫލު އުމުރުގެ ކުދިން އައިސްފައިވުން ތައުލީމީ ނިޒާމަށް ވަރަށް ބުރަ ބޮޑުވެފައިވާކަމަށެވެ. އެހެންނަމަވެސް ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހުޅަނގު ސަރަހައްދުން 919 ސުކޫލެއް ބަންދުކޮށްފައިވާކަމަށާއި މިކަމުގެ ސަބަބުން 156000 ދަރިވަރުންނަށް އަސަރުކޮށްފައިވާމަށްވެސް ބުނެފައިވެއެވެ. އަދި ސުކޫލުތައް ތަކުރާރުކޮށް ބަންދުކޮށް ބެހެއްޓުމުގެ ސަބަބުން އަހަރުގެ ތެރޭގައި ކިޔަވަންޖެހޭ ގިނަ ތަކެތި ހުރީ އަތް ނުލެވިކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: