އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް، ސީޒަން ދޭއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އުރީދޫއިން ބުނެފައިވަނީ ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެ ގޭމިންގެ ހުނަރުވެރިން އެއްތަނަކަށް ގެނެސް، މި މުބާރާތް ނިމިގެން ދިޔައީ ވަރަށް ފޯރިގަދަ އަދި އުފާވެރި ޝޯޑައުންއަކުން ކަމަށެވެ. މި ސިލްސިލާ ނިންމާލާފައިވަނީ ރާއްޖޭގެ އީސްޕޯޓްސްއަށް އޮތް ޝައުގުވެރިކަން އިތުރަށް ހަރުދަނާވެ، އެންމެ ވާދަވެރި ފަރާތްތަކަށް ބޮޑެތި އިނާމުތަކަކާއެކުއެވެ.
ޕަބްޖީ މޯބައިލް:
- އެމްވީޕީ – 500 ރުފިޔާ: އޭކޭއޭ މާހާ
- 5 ވަނަ – 500 ރުފިޔާ : ގޭމްއޯވާ އޯޓީއެފް
- 4 ވަނަ – 1000 ރުފިޔާ : ބީއެލްކޭ އީސްޕޯޓްސް
- 3 ވަނަ – 2000 ރުފިޔާ: އޯޕީޒެޑް ސްޕޯޓްސް
- ރަނަރަޕް – 4000 ރުފިޔާ : އީޓޫއެސް ޓީއެމް7
- ޗެމްޕިއަން – 7000 ރުފިޔާ : އަކަޒާޔާ އީސްޕޯޓްސް
އީއޭއެފްސީ24:
- 3 ވަނަ – 2500 ރުފިޔާ : މުހައްމަދު ރާކިން
- ރަނަރަޕް – 4500 ރުފިޔާ: ހުސައިން ޔައީޝް ޝިހާމް
- ޗެމްޕިއަން – 8000 ރުފިޔާ – މުހައްމަދު ޒިޔާން އިސްމާއިލް
ސީޒަން ދޭއް ނިމިގެން ދިޔައިރު ކުރިއަށް ވެސް އަދި ފޯރިގަދަ އީސްޕޯޓްސް މުބާރާތްތައް ކުރިއަށް ރޭވިފައިވާކަން އުރީދޫއިން ފާހަގަ ކުރެއެވެ. އަދި އީސްޕޯޓްސް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެކަންވެސް ފާހަގަ ކުރެއެވެ.

