ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސް އިން ޗެއަރޕާސަން ކަނޑައަޅައި ބޯޑަށް މެންބަރުން ހޮވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން އައްޔަންކޮށްފިއެވެ.

މިއަދު ބޭއްވުނު ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބު، ނޫވިލާގެ، ސ. ހިތަދޫ، އަލްފާޟިލް ޢަލީ ޢިރުފާން، ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ އަދި އަލްފާޟިލް މުޙައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90 ވަނީ ބޯޑު ޑިރެކްޓަރުންގެ ގޮތުގައިވަނީ އައްޔަނު ކޮށްފައެވެ. ހާއްސަ އާންމު ޖަލްސާއަށް ފަހު ބޭއްވުނު ބޭންކުގެ ބޯޑު ބައްދަލުވުމުގައި އަޙްމަދު ޢަލީ ޙަބީބު ވަނީ ޗެއަރޕާސަންގެ މަގާމަށް އައްޔަންކޮށްފައެވެ.

މިއާއެކު ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

  1. އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބު، ނޫވިލާގެ، ސ. ހިތަދޫ
  2. އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
  3. އަލްފާޟިލް ޢާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
  4. ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، ކ. މާލެ
  5. އަލްފާޟިލް ޢަލީ ޢިރުފާން، ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ
  6. އަލްފާޟިލް މުޙައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90

އަދި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންނަކީ:

  1. އަލްފާޟިލް ޢަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
  2. އަލްފާޟިލް މޫސާ ރަޝީދު، މ. ޤަސީމް، ކ. މާލެ
  3. އަލްފާޟިލް ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން، ކ. މާލެ

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް އަހުމަދު އަލީ ހަބީބު އައްޔަންކުރެއްވުމަށް، އޭނާގެ ނަންފުޅު ސަރުކާރުގެ ފަރާތުން ޕީސީބީއަށް ހުށަހަޅުއްވާފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: