ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ކުޑަޔަސް، ދުނިޔޭގެ ފެންވަރުގައި އަޑު މަޑުނުވާނެކަން ރައީސް މުއިއްޒު ސާބިތު ކޮށްދެއްވައިފި: އަބްދުއްރަހީމް

ޕީއެންސީ ހަރުގެ ޖަލްސާއަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރައީސްއާ ސަލާން ކުރައްވަނީ -- ފޮޓޯ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިންގެ އަޑު ގަދަފަދަކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވާފައިވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިއްޔެ ރޭ ރައީސް މުޢިއްޒު ވަނީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ދައުރުގައި ތަގުރީރު ކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ގިނަގުނަ މުހިންމު ނުކުތާތަކެއް ފާހަގަކުރައްވާފައިވާއިރު، މިކަން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަމަށްވެސް އައިސްފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ އާބާދީ ކުޑަ ނަމަވެސް، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިންގެ އަޑު ގަދަފަދަކަން ދުނިޔޭގެ އެންމެ މަތިވެރި މަންޞަގައި ހުންނަވައިގެން ”ދިވެހިރާއްޖޭގެ ރައީސް“ ވަނީ ސާބިތުކޮށްދެއްވާފައި ކަމަށެވެ.

އެމަނިކުފާނުގެ ސިޔާސިޔާސަތުތަކާއި، މުސްތަޤްބަލަށް ކުރައްވާ އުންމީދުތަކާ ގުޅޭގޮތުން ރައީސް ވާހަކަފުޅު ދައްކަވާފައިވާކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަދުގެ ދުނިޔެ ކުރިމަތިލާންޖެހިފައިވާ ބޮޑެތި ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި، ޙުއްޖަތާއި ދަލީލުތައް ރައީސް ވަނީ ހުށަހަޅުއްވާފައިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މި ހުރިހާ ކަމެއްގައި ރައީސް ވަނީ ދިވެހިން ފަޚުރުވެރިކުރުވާފައިކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ޚިޠާބުގައި، އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ކުރިމަގާ ގުޅޭގޮތުން ކުރައްވާ ތަޞައްވުރަކީ 2040 ވަނަ އަހަރާ ހަމައަށް އަންނައިރު ދިވެހިރާއްޖެއަކީ، ހުރިހާ ރޮނގަކުން ފުރިހަމައަށް ތަރައްޤީވެފައިވާ، ތަރައްޤީގެ އެންމެ މަތީ ފަންތީގައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިއުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުންކަން ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: