ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްލެކް މާކެޓުން އަގު ބޮޑުކޮށް ގަރާޖު ސިޓީ ގަތުމުންވާ ފައިދާއެއް ނޯންނާނެ: އަމީނު

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބްލެކް މާރކެޓްގައި އަގު ބޮޑުކޮށް އެކި ފަރާތްތަކުން ގަރާޖު ސިޓީ ގަތްކަމުގައިވީ ނަމަވެސް ، އެކަމުންވާ އެއްވެސް ފައިދާއެއް ނޯއްނާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީނު ވިދާޅުވެއްޖެއެވެ.

ޕާކިން ބިލއްޑިން އެޅުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި އެޗްޑީސީއާ ދެމެދު ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ގިނަ އަދަދެއްގެ ފަރާތްތަކުން ގުޅިގެން ޤާނޫނު އާއި ޙިލާފަށް ޤަރާޖުސިޓީ ވިއްކައިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލެ ސަރަހައްދުގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ބޮޑު ވެފައިވާ ކަމަށް އެމަނިކުފާނުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފައެވެ.

ވަޒީރު ވިދާޅުވީ، މާލެ ފަހި ޕްރޮގުރާމުގައި އިފްތިތާހްކުރި ދުވަހު، ގާރާޖު ސިޓީ އާއި ބެހޭ ގޮތުން މައުލޫމާތު ދެއްވައިފައިވާ ކަމަށެވެ. އަދި ގަރާޖު ސިޓީގެ ބޭނުމެއް ނޯންނާނެ ކަމަށް އެ ދުވަހުގެ ރަސްމިއްޔާތުގައި، ރަސްމީކޮށް ވިދާޅުވެފައިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން  ގަރާޖެއްގެ ސިޓީއެއް ނެތްއިރު ބްލެކް މާރކެޓްގައި ކިތަންމެ ބޮޑު އަގެއްގައި ގަތްކަމުގައިވީ ނަމަވެސް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

“ ގަރާޖެއްނެތި ބްލެކް މާރކެޓްގައި ބޮޑު އަގުގައި ސިޓީ ގަނެ މިކަން ކުރަން އުޅުނަކަސް ނުވާނެ، އެކަމެއް ނުކުރެވޭނެ، އަޅުގަނޑުމެން ސަރުކާރުގައި އެ ޖާގައެއް ނުދެން، އެހެންވީމަ އެކަމެއް ނުހިގާނެ، ދެން އެކަމަކު މިކަން ވާ ގޮތް އަޅުގަނޑު ދަންނަވައިލައިފާނަން، އެއި މިއޮތް ހާދުހު މިގޮތަށް އުށުލުން ބޭރުން ޤާނޫނާ ޙިލާފަށް ގަރާޖުސިޓީ ވިއްކައިގެން އެތައް ބައެއްގެ ތެރޭގައި، މިކަން ހިންގާފައި އޮތީވެ، އަދިވެސް ބައެއް ބޭފުޅުނަން ހީވަޑައިގަންނަވަނީ، ބޮޑު އަގު ދިނީމައި އެކަންތައް ވެދާނެ ކަމަށް “ ވަޒީރު ވިދާޅުވިއެވެ. 

މިކަން ހައްލުކުރުމުގެ ގޮތުން މިހާރު ޓްރާންސްޕޯޓުންވާނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދެއް، ރޯޑް ވެހިކަލެއްގެ ގޮތުގައި ރާއްޖެ އެތެރެކުރުން މަނާކުރެވޭނެގޮތަށާއި އަދި ގަރާޖު ނުވަތަ ގުދަން ކުރެވޭނެ ފެސިލިޓީއެއް އޮތުމުން ނޫނިއްޔާ އިމްޕޯޓް ނުކުރެވޭނެ ގޮތަށް ޤާނޫނު އިސްލާހުކުރުމަށް ނިންމާފައި އެވެ.

ނެތް ގަރާޖެއް ހުރިިކަަމަށް ދައްކައިގެން ސިޓީ އުފައްދަމުން ރެޖިސްޓްރީ ކުރުމަކީ މީގެ ކުރިން ބަޔަކު ފުޅާދާއިރާއެއްގައި ކުރަމުން އައި ވިޔަފާރިއެއްކަމަށާއި މިހާރު އުސޫލުން ބޭރުން އެފަދަ އެއްވެސް ކަމަކަށް ޖާގައެއް ނުލިބޭނެކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: