ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯކް ޕާމިޓް މިސިންގް ރިކުއެސްޓް ވިތްޑްރޯވަލްގެ ގޮތުގައި 10،000 ނަގަން ފަށަނީ!

ކޮވިޑް ވެކްސިން ޖަހަން ސޯޝަލް ސެންޓަރު ބޭރުގައި ވަރަށް ގިނަ ބިދޭސީން ކިއުގައި ޖެހިގެން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްޓޫބަރު 6 ވަނަ ދުވަހުން ފެށިގެން ”ވޯކް ޕާމިޓު މިސިންގް ރިކުއެސްޓު ވިތްޑްރޯވަލް“ ފީއެއްގެ ގޮތުގައި 10،000 ރުފިޔާ ނެގުމަށް ނިންމާފައިވާކަން ހޯމް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާއިރު ހޯމް މިނިސްޓްރީއިންވަނީ އިތުރު ފިޔަވަޅުތަކެއް ތަންފީޒުކުރަން ފެށިގެންދާނެކަން ހާމަކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކު ފިލަައިފި ނަމަ ނުވަތަ ގެއްލިއްޖެ ހާލަތެއްގައި އަމަލުކުރާނެ އުސޫލުގެ ދަށުން އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން ދެ ސާވިސް ފީއެއްގެ އިތުރުން ޖޫރިމަނާކުރުމުގެ މަސައްކަތްތައްވެސް ފެށިގެންދާނެކަމަށެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން އެ ދުވަހުން ފެށިގެން ”ވޯކް ޕާޓިމް މިސިންގް ސާވިސް ރިކުއެސްޓު“ ސާވިސް ފީއެއްގެ ގޮތުގައި 1000 ރުފިޔާ ނަގާނެކަމަށެވެ. އަދި ”ވޯކް ޕާމިޓް ނެގްލިޖެންސް ފައިން“ ގެ ގޮތުގައި 2000 ރުފިޔާގެ ނެގުމުގެ އިތުރުން ”ވޯކް ޕާމިޓް މިސިންގް ވިތްޑްރޯވަލް“ ސާވިސިންގް ފީއެއްގެ ގޮތުގައި 10،000 ރުފިޔާ ނަގާނެކަމަށެވެ.

ބަޔާނުގައިވާގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކު ފިލައިގެން ނުވަތަ ގެއްލިގެން ކޮށްފައިވާ ރިޕޯޓު އެ ދުވަހުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށެވެ. މިހާރު ހުށައަޅާފައިވާ ފަރާތްތަކަށް ރިކުއެކްޓުތައް އަނބުރާ ގެންދިއުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެކަމަށް މިނިސްޓްރީއިން ބުނެފައިވާއިރު އެއަށްފަހު ރިކުއެސްޓު އަނބުރާ ގެންދާނަމަ ފީއެއްގެ ގޮތުގައި 10،000 ރުފިޔާ ނަގާނެކަމަށެވެ.

އޮކްޓޫބަރު 6 ވަނަ ދުވަހަށްފަހު ގެއްލިގެން ނުވަތަ ފިލައިގެން ރިކުއެސްޓެއްކޮށްފައި އަނބުރާ ގެންދާނަމަ ހުށައަޅާ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އަނބުރާ ގެންދަންވާނެކަމަށާއި އެ ނޫން ހާލަތެއްގައިވެސް 10،000 ރުފިޔާ ނަގާނެކަމަށެވެ. އަދި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދުތައް ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: