ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް، މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފި

ޑިއޭގޯ ގާސިއާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްގެ ސިޔާދަތީ ބާރުތައް މޮރިޝަސް އާއި ހަވާލުކުރުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން އިނގިރޭސިވިލާތާއި މޮރިޝަސް ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން އަމިއްލަ ފަސްގަނޑު ދޫކޮށް ދާންޖެހުނު ގިނަ އަދަދެއްގެ މީހުންނަށް އެނބުރި ގެދޮރަށް ދިއުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި ޗާގޮސްގެ ސިޔާދަތީ ބާރުތައް މޮރިޝަސްއަށް ދިން ނަަމަވެސް އެމެރިކާ އަދި އިނގިރޭސި ވިލާތުން އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން އައިސްފައިވާ ޑިއޭގޯ ގާސިއާ އަދި އޮންނާނީ އިނގިރޭސިންގެ ބެލުމުގެ ދަށުގައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

އިނގިރޭސިވިލާތުން މީޑީއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ޑިއޭގޯ ގާސިއާގައި ކުރަމުން އައިސްފައިވާ މަސައްކަތްތައް ކުރިއަށް ގެންދެވޭކަން ކަށަވަރުވެގެންދާކަމަށާއި މޮރިޝަސްގެ ރައްޔިތުންނަށް އެ ނޫން ރަށްތަކުގައި ވަޒަންވެރިވެވޭނެކަމަށެވެ.

މިހާރު އޮތް އިނގިރޭސި ސަރުކާރުން ބުނެފައިވާގޮތުން އެ ޑިއޭގޯ ގާސިއާގެ މަސައްކަތްތަކުގެ ދެމެހެއްޓިނިވިކަމަށް އަސަރުކުރާ ފަދަ ގޮންޖެހުންތަކެއް ވަނީ ވާރުތަވެފައިކަމަށެވެ. އެގޮތުން އެ ސަރަހައްދުގެ ހައްގުވެރިކަމާއި ގުޅުން ހުރި ގާނޫނީ ދަތިތައް ކުރިމަތިވާކަމަށެވެ.

އެހެންނަމަވެސް މިހާރު ގާއިމުކުރެވިފައިވާ އެއްބަސްވުމުގެ ސަބަބުން އެ މަރުކަޒުގެ ކުރިމަގު ކަށަވަރުކުރެވިގެންދާކަމަށާއި ދުނިޔެ ރައްކައުތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގައި އިތުރު ހިތްވަރެއް ލިބިގެންދާކަމަށެވެ. އަދި އިންޑިއާ ކަނޑަކީ އިނގިރޭސިވިލާތާއި ހިސާބަށް ވާސިލުވުމުގެ ގޮތުން ނުރައްކާތެރި ގާނޫނާއި ހިލާފު މަގެއްގެ ގޮތުގައި ބޭނުން ކުރުން ވެސް ހުއްޓުމަކަށް އަންނާނެކަމަށް ބުނެފައިވާއިރު މޮރިޝަސް އާއި ދެމެދު އޮތް ޒަމާންވީ ގުޅުންވެސް ދެމެހެއްޓިގެންދާކަން ކަށަވަރުކުރެވޭކަމަށެވެ.

މޮރިޝަސްގެ ބެލުމުގެ ދަށުގައި އޮތް ޗާގޮސް އިނގިރޭސިން އަތުލާފައިވަނީ 1965 ވަނަ އަހަރުގައެވެ. އެކަން ކޮށްފައިވަނީ ބްރިޓިޝް އިންޑިއަން ސަރަހައްދު ކަނޑައެޅުމުގެ ގޮތުންކަމަށްވާއިރު 2000 ވަރަކަށް މޮރިޝަސްގެ ރައްޔިތުނަށް ގެދޮރު ދޫކޮށްލަން ޖެހުނުކަމަށް ރިޕޯޓުތަކުގައިވެއެވެ. އިނގިރޭސިވިލާތުންވަނީ އެއަށްފަހު ޑިއޭގޯ ގާސިއާގައި ވައިގެ ބަނދަރެއް ގާއިމުކޮށްފައެވެ. އަދި 1966 ވަނަ އަހަރު އެގައުމުން އެ ރަށް އެމެރިކާއަށް ކުއްޔަށް ދިނެވެ.

އިނގިރޭސިވިލާތަށް އެތަން މޮރިޝަސްއާއި ހަވާލުކުރުމަށް ގޮވާލަމުންދާތާ އަހަރުތަކެއް ވެފައިވާއިރު، މިހާރު ހަވާލުކުރުމަށް ނިންމާފައިވަނީ އެމެރިކާގެ އިތުރުން އިންޑިއާގެވެސް އެއްބާރުލުމާއިއެކު ކުރެވުނު މަސައްކަތްތަކެއްގެ ތެރެއިންކަމަށްވެސް އެ ގައުމުން މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: