ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެ ކުރިން ހުޅުމާލޭގައި ކުނި މެނޭޖުކުރެވޭ މިންގަނޑަށް ވެމްކޯއަށް ވަސީލަތްތައް ކަނޑައަޅާފައި ނެތް: ފަޒުލް

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު --- - ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި އުފައްދާ ކުނި ނައްތާލުމަށް ބޭނުންވާ މިންގަނޑަށް ވެމްކޯއަށް މީގެ ކުރިން ވަސީލަތްތައް ކަނޑައެޅިފައިނުވާކަމަށް އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ވޭސްޓް މެނޭޖުމެންޓު މަސައްކަތްތަކާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވީ، މި މަސައްކަތްތަކަށް ހުޅުމާލޭގައި އެއްލައްކަ އަކަފޫޓުގެ ބިމެއް ކަނޑައެޅިފަައިވާކަމަށާއި އެކަން ކޮށްފައިވަނީ ހުޅުމާލޭގެ ތަރައްގީއާއި މެދު ވިސްނުމަށްފަހުކަމަށެވެ. އޭނާ ވިދާޅުވީ، ހުޅުމާލޭގައި ދެ ފިޔަވަހި ބިނާކުރެވި ތިންވަނަ ފިޔަވެއްސެއް އުފަންވެގެން އަންނައިރު ވޭސްޓް މެނޭޖުމެންޓު މަސައްކަތްތައް އެދެވޭ ގޮތެއްގެ މަތިން އިންތިޒާމު ކުރެވިފައިނުވާކަމަށާއި ގާއިމުކުރެވިފައިވަނީ ވަގުތީ ފެސިލިޓީއެއްކަމަށެވެ.

ފަޒުލް ވިދާޅުވީ، ވެމްކޯއަށް ދެވިފައިވަނީ ފަސް ހާސް އާއި ދިހަ ހާސް އަކަފޫޓާއި ދެމެދުގެ ބިމެއްކަމަށާއި މައިގަނޑު ގޮތެއްގައި ހުޅުމާލޭގެ ވޭސްޓް މެނޭޖު ކުރުމުގެ މަސައްކަތްތައް އެތަނުގައި ކުރަމުން އައިސްފައިވާކަމަށެވެ. ފަޒުލް ވިދާޅުވީ، ސަރުކާރުން ވެރިކަމާއި ހަވާލުވެ އޭނާ އެޗްޑީސީގެ އެމްޑީކަމަށް ވަޑައިގެންނެވިއިރު މިކަމާއި ގުޅޭގޮތުން ޝަކުވާތައް ހުށައެޅިފައި ހުރިކަމަށާއި މިއަދާއި ހަމައަށް ހުޅުމާލެއިން ތިލަފުށްޓަށް ބައިވަރު ކުނި ރީލޮކޭޓް ކޮށްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، އެ ހިސާބަށް ކަންކަން ގޮސްފައިވަނީ އެދެވޭ ގޮތެއްގައި ވެމްކޯއަށްވެސް އެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ލިބިފައިނުވާތީކަމަށާއި ދޭތެރެތައް ހާވައިގެންނާއި ރީލޮކޭޓްކޮށްގެން ނަމަވެސް މި ވަސީލަތްތައް ކޮންމެހެންވެސް ގާއިމުކުރަންޖެހޭކަމަށެވެ. ފަޒުލް ވިދާޅުވީ، އެ މަގުސަދުގައި އެންވައިރަމެންޓު މިނިސްޓްރީއާއި އެއްލައްކަ އަކަފޫޓުގެ ސަރަހައްދެއް ހަވާލުކޮށްފައިވާކަމަށާއި މިނިސްޓްރީއިން ވެމްކޯއަށް އެތަނުން ޖާގަ ކަނޑައަޅާނެކަމަށެވެ.
ފަޒުލް ވިދާޅުވީ، ހުޅުމާލޭގައި ބޮޑު އާބާދީއެއް އޮތްއިރު މީގެ ކުރިން އެއްވެސް ސަރުކާރެއްގައި މިވަރުގެ ބިމެއް ކަނޑައަޅައިދީފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، ތަރައްގީއާއިއެކު ދެމުންދާ ހިދުމަތްތައް ހަރުދަނާ ވާންޖެހޭކަމަށާއި އެކަމަށް އެޗްޑީސީއިން އިސްކަން ދޭކަމަށެވެ. އެހެންކަމުން މި މަސައްކަތްތަކުގެ ތެރެއިން އެދެވޭ ގޮތެއްގައި ކުނި ނައްތާލުމަށް ނިޒާމެއް ގާއިމުކުރެވިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: