ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސް މައްސަލައިގައި ރައީސް ނަޝީދުގެ ކަންބޮޑުވުން!

އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފޯއްޅަވަހި މޮރިޝަސްއަށް ދިނުމަކީ އިނގިރޭސި ވިލާތުން ކޮށްގެންވާނެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ޗާގޮސް އައިލެންޑްސް މޮރިޝަސްއާއި ހަވާލުކުރުމަށް އެއްބަސްވެފައިވާއިރު، ރައީސް ނަޝީދުވަނީ ސޯޝަލްމީޑިއާގައި އެ ނިންމުމާއި ދެކޮޅަށް އަޑުއުފުއްލަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެ ތަނުގެ މައްޗަށް ރާއްޖޭގެ ހައްގު އޮތްކަން ސާފުކޮށް ފެނިގެންދާކަމަށެވެ. އަދި އެ ހާލަތުގައި އެތަން އިނގިރޭސީން މޮރިޝަސްއަށް ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި އެއީ ނުރަނގަޅު ވިސްނުމެއްގެ މައްޗަށް އެކުލަވާލާފައިވާ ސިޔާސަތެއްކަމަށެވެ.

އިނގިރޭސި ވިލާތުން މޮރިޝަސްއާއިއެކު އެއްބަސްވެފައިވަނީ ޗާގޮސްގައި އޮންނަ ޑިއޭގޯ ގާސިއާ އެ ގައުމުގެ ބެލުމުގެ ދަށުގައި ބޭއްވުމަށްފަހު އެހެނިހެން ރަށްތައް މޮރިޝަސްއާއި ހަވާލުކުރުމަށްކަން ފާޙަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: