ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އާސަހަރާ މިސްކިތް ރަސްމީކޮށް ހުޅުވައިފި

މާލެ އާސަހަރާ މިސްކިތް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ އާސަހަރާ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ.

އާސަހަރާ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، މާލެ ސިޓީ މޭޔަރ އާދަމް އާޒިމް، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު އަލީ ސައީދު، އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވަނީ ބައިވެރިވެ ވަޑައިގަތްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ނަރީޝް ވިދާޅުވީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ މާލެ ސިޓީ މޭޔަރަކަށް ހުންނަވައި، ދިވެހިރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަކަށް އަދި ތަނަވަސް މާހައުލެއް ޤާއިމްކުރުމަށްޓަކައި ފެއްޓެވި މަސައްކަތް ނިމި މިއަދު މިވަނީ ހުޅުވައިލެވިފައި ކަމަށެވެ.

އާސަހަރާ މިސްކިތް މަރާމާތާއެކު، މިސްކިތުގެ ޖާގަ ވަނީ އިތުރުކުރެވިފައެވެ. އަދި ހިނަވާ ޖާގަ ވެސް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން ސަހަރާ ބޭނުން ކުރުމަށް އަންނަ އާންމު ރައްޔިތުންނަށް އިށީދެ، މަނޑުކޮށްލެވޭނެ ސަރަހައްދެއް، އެ މިސްކިތުގެ ފުރަތަމަ ފަންގިފިލާގައި، ޤާއިމުކޮށްފައިވާނެ ކަމަށާއި އެ ސަރަހައްދުގައި ވަނީ އޭސީ ހަރުކޮށްފައި ކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ޙާއްސަ އެހީއަށް ބޭނުންވާ ފާރާތަކަށް ޙާއްސަ ފާޙަނަ ވަނީ ޤާއިމްކޮށްފައެވެ. ނަރީޝް ވިދާޅުވީ، މީގެ ކުރިން އެންމެ ބޮޑު ޝަކުވާއެއް ގޮތުގައި ފާހަގަކުރެވިފައިވަނީ، އަންހެން ބޭފުޅުންނަށް ނަމާދު ކުރެވޭނެ ޖާގަ ނެތުން ކަމަށެވެ. ނަމަވެސް މިހާރު އެކަމަަށް ހައްލެއް ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި ހިނެވުމުގެ ކަންކަން އަދި ވަޅުލުގެ ކަންކަން އެ މިސްކިތުގައި މިހާރު ކުރިއަށްގެންދެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

“ މިހާރު ތިރީގައި މަޑުކޮށްގެން ތިބޭ އަންހެން ބޭފުޅުންނަށް ނަމާދު ކުރެވޭ އޭސީ ކޮށްފައިވާ ޖާގައެއް އިންނާނެ، އަދި މަތޫގައިވެސް އަންހެން ބޭފުޅުންނަށް ނަމާދު ކުރެވޭ ހާއްސަ ޖާގައެއް ހެދިފަ ހުންނާނެ އޭސީ ކޮށްފަ، އެހެންމަ އަޅުގަނޑުގެ ހިތުން، މިއަދު ހުޅުވިގެންދާ ސަހަރާ ހުޅުވުމާއެކީގައި މިތާގައި ހިނެވުމުގެ ކަންކަން އަދި ވަޅުލުގެ ކަންކަން ހަމަ މިއަދުން ފެށިގެން ކުރިއަށްދާނެ ”ނަރީޝް ވިދާޅުވިއެވެ. 

އާސަހަރާ މިސްކިތް ތަރައްގީކޮށްފައި ވަނީ ދެ ފަންގިފިލާއަށެވެ. އެގޮތުން އެ ތަނުގައި ޕްރައިވެޓް ރޫމްތަކާއި އޭސީ ރޫމްތަކާއި އަދި ހިނަވާގޭގައި އެއްފަހަރާ ދެ މީހުން ފެންވެރުވޭނެ ގޮތް ވެސް ވަނީ ޤާއިމްކޮށްފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާއަކާއި, އަންހެން ބޭފުޅުންނަށް ހާއްސަ ފާހާނައަކާއި، ވުޞޫކުރާ ތަނެއް އަދި ނަމާދު ކުރާ ބައެއްގެ އިތުރުން، ޖަނާޒާތަކަށް ވަޑައިގެންނަވާ ބޭފުޅުން މަޑުކޮށްލެވޭނެ ހާއްސަ ސަރަހައްދެއްވެސް ވަނީ ތަރައްޤިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: