ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ޔަމަނުގެ ހޫތިންނަށް އަމާޒުކޮށް ހަމަލާ ދީފި!

ހޫތީ ހަނގުރާމަވެރިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއިން ޔަމަނުގެ ހޫތީންނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ނޫސްތަކުން ބުނާގޮތުން ޔަމަނުގެ ހޫތިންނަށް އެމެރިކާއިން ހަމަލާ ދީފައިވަނީ މެދުއިރުމަތީގައި އިތުރުވަމުންދާ މައްސަލަތަކާއި ގުޅިގެންކަމަށާއި މިހަމަލާގައި އަސްކަރީ ކަނޑުއުޅަނދުތަކާއި މަތިންދާ ބޯޓުތައްވެސް ބޭނުންކުރިކަމަށެވެ. އެމެރިކާއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ހޫތިންނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ގައުމުންވަނީ ޔަމަނުގެ 15 އަމާޒަކަށް ހަމަލާ ދީފައިކަމަށެވެ.

ޕެންޓަގަން އިން ބުނެފައިވާގޮތުން ހޫތިންނަށް އަމާޒުކުރި ހަމަލާއަކީ ކަނޑަ ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ހިމާޔަތްކުރުމުގެ ގޮތުން ދިން ހަމަލާއެއްކަމަަށވެ. ޔަމަނުގެ ނޫސްތަކުން ބުނާގޮތުން އެ ގައުމުގެ ވެރިރަށާއި އެހެނިހެން އާންމުން ދިރިއުޅޭ ރަށްތަކަށްވެސް ހަމަލާތައް އަމާޒުވެފައިވެއެވެ. އަދި ވެރިރަށުގައި ދެ ފަހަރަށްވުރެ ގިނައިން ގޮވުންތަކުގެ އަޑުތައް އިވިގެންދިިޔަކަމަށެވެ.

ނޫސްތަކުން ބުނާގޮތުން ވޭތުވެދިޔަ ނޮވެމްބަރު މަހުން ފެށިގެން ހޫތިންދަނީ ރެޑްސީ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާ ދެމުންނެވެ. އެގޮތުން 100 އާއި ގާތް ކުރާ އަދަދެއްގެ އުޅަނދުތަކަށް ހަމަލާ ދީފައިވާކަމަށާއި ދެ އުޅަނދެއް އެއްކޮށް ފައްތާލިކަމަށެވެ. އެ ޖަމާއަތުން ބުނާގޮތުން ކަނޑު އުޅަނދުތަކަށް ހަމަލާތައް ދެމުންދަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެންކަމަށެވެ.

ޔަމަނަށް ދިން ހަމަލާގެ އަމާޒުތަކުގެ ތެރޭގައި ހިމެނެނީ ހޫތިން ބޭނުންކުރަމުންދާ ހަތިޔާރުތަކާއި އަސްކަރީ މަރުކަޒުތަކުގެ އިތުރުން އެހެނިހެން އެފަދަ ވަސީލަތްތައްކަމަށް މެދު އިރުމައްޗާއި ހަވާލުވެގެންތިބި އެެމެރިކާގެ ސެންޓްރަލް ކޮމާންޑުން މައުލޫމާތު ދޭކަމަށްވެސް ބުނެފައިވެއެވެ.

ހޫތިންވަނީ ދާދި ފަހުން އެންމެ ފަހުގެ އެންމެ ވަރުގަދަ އެއް ޑްރޯން ކަމަށްވާ އެމްކިއު 9 ރީޕާރ އެއް ވައްޓާލާފައިވާކަންވެސް ހާމަކޮށްފައެވެ. އެމެރިކާއިންވެސްވަނީ އެ ގައުމުން އުފައްދާ މި ބާވަތުގެ އުޅަނދެއް ގެއްލިގޮސްފައިވާކަން ކަށަވަރުކޮށްދީފައެވެ. ޕެންޓަގަން އިން ބުނާގޮތުން އެމެރިކާގެ އުޅަނދުތަކާއި ދެކޮޅަށް ހޫތީންވަނީ ރޭވުންތެރިކަމާއިއެކު މިސައިލުން ހަމަލާ ދީފައެވެ. އެހެންނަމަވެސް ކަނޑުއުޅަނދަކަށް ގެއްލުންވެފައިނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: