ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގައި 60،000 އަށްވުރެ ގިނަ މެމަބަރުން އެބަތިބި، ރައީސްގެ އަމާޒަށް ވާސިލު ވެވޭނެ: އަބްދުއްރަހީމް

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ --- ޕީއެންސީގެ މެމްބަރޝިޕް ޑްރައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގައި މިހާރު 60،000 އަށް ވުރެ ގިިނަ މެމްބަރުން މިހާރު އެބަތިބި ކަމަށާއި ނޮވެމްބަރު 17 އައުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަންނަވާ ހިސާބަށް ވާސިލުވެވޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތުގެ ތެރެއިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ މެމްބަރު ގިނަ ޕާޓީއަށް ހެދުމަކީ ރައީސް ޑރ. މުއިއްޒުގެ އަމާޒެއް ކަމަށެވެ. އެގޮތުން އަންނަ މަހުގެ 17 ނިޔަލަށް 75،000 މެމްބަރުންގެ ޕާޓީއަކަށް ހެއްދުމުގެ އެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

”ޔަގީން ކަމާއެކު ދަންނަވަން ކެރޭ، ނޮވެމްބަރު މަހުގެ މެދަކާއި ހިސާބަށް ދާއިރު އަޅުގަނޑުމެންގެ ޕާޓީ ޕީއެންސީ ވެގެންދާނީ 75،000 މެމްބަރުން ތިބި ރާއްޖޭގައި އޮތް އެންމެ ސިޔާސީ ޕާޓީއަށް. އެމަސައްކަތް ކުރަމުން މި ގެންދަވަނީ. މިސައްކަތް ކޮށްދެއްވާ ހުރިހާ ބޭފުޅުންނަށް ރައީސްގެ ނަންފުޅުގަޔާއި ޕާޓީގެ ނަމުގައި ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރުދަންނަވަން“

އަބްދުއްރަހީމް ވިދާޅުވީ ރަށްރަށުގައި ތިއްބެވި އިސްބޭފުޅުންނާއި ސަޕޯޓަރުން އަދި ގްރޭޓަރ މާލެ އޭރިއާގައި އުޅުއްވާ އިސްބޭފުޅުންވެސް ކުރައްވަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. ޕާޓީއަށް އޮތް ތަރުހީބަށް ބަލާއިރު ފެނިގެން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތައް ރައްޔިތުން ތާއީދު ކުރާ މިންވަރު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މެމްބަރޝިޕް އިތުރުވެގެންދާ މައިގަނޑު އެއް ސަބަބަކިވެސް އެއީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެއްވެސް ސިޔާސީ ޕާޓީއަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ޖޮއިން ކޮށްފައި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މުޅި ސިޔާސީ ހަޔާތައް ބެލި ނަމަވެސް މިވަރުގެ ކާމިޔާބީއެއް އެއްވެސް ޕާޓީއަކަށް ލިބިގެން ދިޔަތަނެއް ފެނިފައި ނުވާ ކަމަށާއި އަދި މި ކާމިޔާބީގެ ސިއްރަކީ ރައީސް ދިވެހިރާއްޖެއާއި މެދު ގެންގުޅުއްވާ ތަސައްވުރު ކަމަށާއި އެމަނިކުފާނުގެ ސިޔާސަތު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މެމްބަރޝިޕް ޑްރައިވްގެ ކަންކަމަކީ މިއީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކުރައްވާ މަސައްކަތެއް ކަމަށާއި މިއީ ޕާޓީގެ ލީޑަރޝިޕް އާއި ރައީސް މުއިއްޒު ބަހައްޓަވާ ގާތްކަން އެނގިގެންދާ އެއްކަންތައް ކަމަށެވެ. އަދި މެމްބަރޝިޕް ޑްރައިވްގައި ބައިވެރިވެ އިސްކޮށް މިކަމުގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންވެސް މިކަން ކުރައްވަމުން ގެންދަވަނީ ޕާޓީ އިތުރަށް ފުޅާކޮށް ޕާޓީގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މައިގަނޑު އަމާޒަކީ ރާއްޖެ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރުން ކަަމަށާއި އަދި ދިވެހީންގެ ރާއްޖެއެއް ދިވެހީން އެދޭގޮތަށް ބިނާކުރުމަށްޓަކައި ބޭނުންވަނީ ރާއްޖޭގައި އެއް ވެރިކަމެއް 10 އަހަރު ނުވަތަ 15 ވަރަކަށް އަހަރު އޮންނަން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: